
އިދިކޮޅުން މިރޭ ސޯސަން މަގު ސަރަހައްދުގައި މުޒާހަރާ ކުރަމުން ދިޔަ ދަނޑިވަޅުގައި އެމަގު ޕޭމަންޓު މަތީގައި ތިބި 4 އަންހެނަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކޮށްފިއެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި 40 އަށް ވުރެ ގިނަ ފުލުހުންނާއި ސްޕެޝަލް އޮޕަރޭޝަންސް ޕޮލިސްގެ ޓްރަކްލޯޑުތައް އެ ސަރަހައްދަށް ފޮނުވާފައި ވަނީ އެންމެ ހަތަރު އަންހެނުންނަށް ހުރަސްއަޅަންށެވެ. އަދި ޕޭވްމަންޓުގައި ހިނގާބިނގާވެ އުޅުމުގެ ފުރުސަތު ވެސް އަންހެނުންނަށް ނުދިނުމަކީ އެމީހުންގެ އަސާސީ ހައްގުތަކަށް ވަރަށް ބޮޑަށް އަރައިގަތުން ކަމަށް އެ ސަރަހައްދުން ”ބޮންތި“ އާއި ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މި ހާދިސާގެ ސަބަބުން ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުން އާންމު ރައްޔިތުންގެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުންގެ ވާޖިބަކީ ގާނޫނު ނަގަހައްޓައި ރައްޔިތުމީހާގެ ހައްގުތައް ނިގުޅައިގަތުން ނޫން ކަމަށް އާންމު ރައްޔިތުން ބުނެއެެވެ.
މިހާދިސާއާ ގުޅިގެން މަސްލަހަތު ގޯސްވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން އެކަން ތަހުގީގުކޮށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ވަނީ އެ އަންހެނުން ގޮވާލާފައެވެ.