ޚަބަރުސިޔާސީ

ދެކޮމަންޑޫ ގުޅާލަން ގެންގުޅުނު ޕްލެޓްފޯމް ހަލާކުވެއްޖެ

ށ. ކޮމަންޑޫއާއި އެ ރަށާ ޖެހިގެން އޮންނަ މަތިކޮމަންޑޫ ގުޅައިލާ ބްރިޖުގެ ބޯހޯލް ތޮރުފަން ގެންގުޅުނު ޕްލެޓްފޯމު ހަލާކުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޓުން ބޭރުން 249 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދެ ކޮމަންޑޫ ގުޅައިލުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަސައްކަތް ހަވާލުކުރީ 730 ދުވަހުން ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ދެ ކޮމަންޑޫ އެއްކޮށްލުމާއެކު މަތިކޮމަންޑޫއިން އިތުރު ސޯޅަ ހެކްޓަރުގެ ބިން ހިއްކުމަށް އޮތީ ހަމަޖެހިފަ އެވެ. އަދި 1500 މީޓަރުގެ ތޮއްޓެއް ގާއިމު ކުރުމާއި، ކޮމަންޑޫގައި 1690 މީޓަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް  އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
މި މަޝްރޫއު އިއުލާންކޮށް މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޮތް އެ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮމަންޑޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ. އެކަމަކު މިއަދާ ހަމައަށް އައިއިރުވެސް އެ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިޔަށް ނުދާކަން ފާހަގަކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button