ޚަބަރު

މޯދީ 1000 މުސްލިމުން މެރުމަށް ހިއްވަރުދިންކަން ފަޅާއެރުވި ޑޮކިއުމެންޓްރީއަކާ ގުޅިގެން އިންޑިއާ ސަރުކާރުން ބީބީސީގެ ނޫސްވެރިންގެ ފޯނުތައް އަތުލައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކުރިއެރުމަށް މުސްލިމުންނާ ދެކޮޅަށް ގުތުރާތުގަ ހިންގި ޖަރީމާތަކާއި ގުޅޭ ޑޮކިއުމެންޓްރީއެއް ގެނެސްދިންތާ ހަފުތާއެއްހާ ދުވަސް ފަހުން، އިންޑިއާގެ ޓެކްސް އޮތޯރިޓީން ބީބީސީގެ އޮފީސްތައް ބަލައި ފާސްކޮށް، އެ ކުންފުނީގެ ނޫސްވެރިންގެ ފޯނުތައް ހިފަހައްޓައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ 50 އަށް ވުރެ ގިނަ އޮފިޝަލުން ވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި މުމްބާއީގައި ހުންނަ ބީބީސީގެ އޮފީސްތައް މިއަދު މެންދުރު ފަހު ބަލައި ފާސްކޮށްފަ އެވެ. ނިއުދިއްލީގައި ތިބި ބީބީސީގެ ދެ ނޫސްވެރިއަކު އާންމުކޮށް ވާހަކަ ދެއްކުމުގެ ހުއްދަ ލިބިފައި ނުވާތީ ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އެ މީހުންގެ އެކުވެރިންގެ ފޯނު ހިފަހައްޓަމުން އަންނަ ކަމަށެވެ.

ބީބީސީން ކުރި ޓުވީޓެއްގައި ބުނީ ނިއު ދިއްލީ އާއި މުމްބާއީގެ އޮފީހުގައި މިހާރު ޓެކްސް އޮތޯރިޓީތަކަށް ފުރިހަމަ އަށް އެއްބާރުލުން ދެމުން އަންނަ ކަމަށް އަދި އުއްމީދަކީ ވީހާވެސް އަވަހަކަށް މިކަން ހައްލުވުންކަމަށެވެ.

މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީގެ ތަރުޖަމާނު ގޯރަވް ބާޓިއާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ”ބީބީސީން އިންޑިއާގެ ގާނޫނުތަކުގެ ތެރޭގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ބީބީސީ އަކީ ”ކޮރަޕްޓް“ ޖަމިއްޔާއެއް ކަމަށެވެ“.

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ ބީބީސީއާ ދެކޮޅަށް އެޅި ފިޔަވަޅެއް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

މި ރެއިޑްތައް ހިންގާފައި މިވަނީ 2002 ވަނަ އަހަރުމ މޯދީ ޗީފް މިނިސްޓަރުކަން ކުރެއްވިއިރު ގުޖުރާތު ސްޓޭޓްގައި ހިނގި ލޭއޮހޮރުވުން ހުއްޓުވުމުގައި މޯދީ ފެއިލްވި ކަމަށް ބުނެ ބީބީސީގެ ފިލްމެއް ކަމަށްވާ ”އިންޑިއާ: ދަ މޯދީ ސުވާލު“ ސެންސަރު ކުރުމަށް މޯދީގެ ސަރުކާރުން އާދަޔާ ހިލާފު ފިޔަވަޅުތަކެއް އެޅިތާ މަހެއްހާ ދުވަސް ނުވަނީހެވެ.

ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އިނގިރޭސިވިލާތުގައި ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅިގެން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބީބީސީން ”ޕްރޮޕެގެންޑާ“ އުފައްދަމުންދާ ކަމަށް ބުނެ، ކުއްލި ނުރައްކަލުގެ ބާރުތަކާ ހަވާލާދީ ބީބީސީގެ ވީޑިއޯތަކާ ގުޅުން ކަނޑާލަން ސޯޝަލް މީޑިއާ ކުންފުނިތަކަށް މަޖުބޫރުކުރުވައި، އެ ގައުމުގެ ކެމްޕަސްތަކުގައި ޑޮކިއުމެންޓަރީ ބަލަން ތިބި ދަރިވަރުން ހިފަހައްޓައިފަ އެވެ.

ފާއިތުވި ހަފުތާތަކުގައި މޯދީގެ ސަޕޯޓަރުން ވަނީ 1،000 އަށް ވުރެ ގިނަ މީހުން މަރުވި ހަމަނުޖެހުންތަކަށް ހިތްވަރު ދިން ކަމަށް ބުނެ އިންޑިއާގެ ފަނޑިޔާރުން 2013 ވަނަ އަހަރު މޯދީ މިނިވަންކުރި ނަމަވެސް ބީބީސީން އެ މައްސަލަ އަލުން މުރާޖައާ ކުރީ ކީއްވެތޯ ސުވާލު އުފައްދައިފަ އެވެ.

އިންޑިއާގެ އެޑިޓާސް ގިލްޑުން ވެސް ވަނީ މި އޮޕަރޭޝަންތައް ކުށްވެރިކޮށް، މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ނުވަތަ ވެރިކަން ކުރާ މުއައްސަސާއަށް ފާޑުކިޔާ ނޫސް ޖަމިއްޔާތަކަށް ބިރު ދައްކައި ފުރައްސާރަ ކުރުމުގެ ޓްރެންޑެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި މިއީ ޑިމޮކްރަސީ ގެއްލޭ ފަދަ ޓްރެންޑެއް ކަމަށް ވެސް ބުނެފައެވެ.

 

One Comment

  1. Thee ebunaa enme bodu democracy ge haalth 1000 eh ves noon 2000ah vure Gina Muslim union meree modi veri kama ai fahun india ga hin ganee hindhun ge haru kashi veri kame modi aa dhekolha bas bunaa noos veriyaa gelle ni nooni badee ge hamala eggs maru vani nooni news agency tha modi ge friend gane lany

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button