ޚަބަރުސިޔާސީ

ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރެވޭނީ ރައީސް ޔާމީނުގެ ”ޓޯޓަލް ސޮލިއުޝަން“ އިން ކަމަށް މޭޔަރު މުއިއްޒު ވިދާޅުވެއްޖެ

ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރެވޭނީ ރައީސް ޔާމިނުގެ ”ޓޯޓަލް ސޮލިއުޝަން“ ތަންފީޒުކުރުމުންކަމަށް ކުރީގެ ހައުސިންގ މިނިސްޓަރު އަދި މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވަނީ މި ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން، ހިލޭ ބިން ދޫކުރަން ނިންމުމާއި ގުޅިގެންނެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް މި ސަރުކާރުންވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ހިއްކި ހުޅުމާލެ ދެވަނަ ފިޔަވަހިން، ރައްޔިތުންނަށް ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ދޫކުރަން ތައްޔާރުވެފައެވެ. އެ ސްކީމްގެ ދަށުން ގޯތިދޫކުރަން ނިންމާފައިވާއިރު، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓުން ކުރަމުންދެއެވެ. އަދި ދެހަފްތާއެއްހާ ދުވަސް ތެރޭގައި އެ ސަރަހައްދު ސާފުކޮށް ނިންމާލެވޭނެކަމަށް އެޗްޑީސީއިން މައުލޫމާތު ދެއްވާފައިވެއެވެ.

ހުޅުމާލެއިން ދޫކުރާ 1000 ގޯއްޗައްވާ ބިން ސާފުކޮށް، އިން ވަކިކޮށް ކަޑަޖަހާނެކަމަށާއި، އެންމެ ކުޑަ ގޯތިތަކުގައިވެސް 1250 އަކަފޫޓު ހުންނާނެކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

މިކަމާ ގުޅުވައިގެން މުއިއްޒު ވިދާޅުވެފައިވަނީ ”ގުޅީފަޅު، ފުށިދިއްގަރުފަޅު، އަދި އޭގެ ތެރެއަށް ގިރާވަރު ފަޅު އިތުރުކުރުމަށްފަހު، ބިން އުފެއްދުމަށްޓަކައި، ހުޅުމާލެ ފޭސް 2 އާއެކު ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ކޮށްދެއްވަންޖެހޭ“ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button