ޚަބަރުސިޔާސީ

ސައީދު ނަޝީދަށް: ތިޔަ ވިދާޅުވަނީ މާނަ ބަދަލުވާ ބަސްތަކެއް

މަޖިލިސް ރައީސް، މުހައްމަދު ނަޝީދަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ފާޑު ވިދާޅުވެއްޖެއެވެ.

ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޭޓް ސްޕީޗް، ފިތުނަ، ޑިޕްލޮމެސީ، ބައިނަލްއަގުވާމި ގާނޫނާއި ހަރުކަށި ފިކުރު ފަދަ ބަސްބަހުގެ މާނަ އަކީ އަހަރުން އަހަރަށް ބަދަލުވާ އެއްޗަކަށް ވެފައިވާ ކަމަށެވެ.

ސައީދު ވަނީ ރާއްޖޭގައި ތިބޭ ޑިޕްލޮމެޓުންނާއި ގުޅޭގޮތުން ވާހަކަ ދައްކާއިރު ވަކި ހަމަ ތަކެއް ގެންގުޅެން ޖެހޭނެކަމަށް ވިދާޅުވެ ނަޝީދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވާފައެވެ. އަދި މީގެ ކުރިން ނަޝީދު ވެސް ޑިޕްލޮމެޓުންނަށް އަމާޒު ކުރައްވައި ހަމައެއް ލަމައެއް ނެތި ވާހަކަފުޅު ދައްކަވާފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ސައުދީގެ ސަފީރާއި ގުޅޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަތައް ހިމެނޭ ޓްވީޓެއްގެ ސްކްރީން ޝޮޓެއްވެސް ސައީދު ވަނި ހިއްސާ ކުރައްވަފައެވެ.

ރައީސް ނަޝިދަކީ މީގެ ކުރިން ޗައިނާ އަދި ސައުދީ ފަދަ ގައުމުތަކުގެ ޑިޕްލަމެޓުންނަށް އަމާޒު ކުރައްވައި ދެއުޅިއެއް ނުވާ ވާހަކަފުޅުތައް ދައްކަވާފައި ހުންނެވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button