ޚަބަރުސިޔާސީ

މުޒާހަރާތަކުގެ ތެރެއިން ނޫސްވެރިންނަށް، ފުލުހުން ކުރާ އަނިޔާތައް ބައިނަލްއަގުވާމީ ފަރާތްތަކުން ކުށްވެރިކޮށްފި

އިދިކޮޅު އިއްތިހާދުން މި މަހު 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖު ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިޔަކަށް ފުލުހުންގެ ސަބަބުން ލިބުނު އަނިޔާ، ބައިނަލްއަގުވާމީ ފަރާތްތަކުން ކުށްވެރިކޮށްފިއެވެ.

އެމެރިކާގެ ޖަމިއްޔާއެއްކަމުގައިވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން މި މައްސަލަ ރިޕޯޓުކޮށް ކުށްވެރިކޮށްފައިވެއެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ނޫސްވެރިންގެ ހައްގުތައް ދިފާއުކުރާ އެމެރިކާގެ ޖަމުއިއްޔާއެކެވެ.

މި މަހު 6 ވަނަ ދުވަހު އިދިކޮޅުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި، ޗެނަލް-13 ގެ ނޫސްވެރިއެއްގެ ބޮލުގައި ފުލުހުންގެ ޝީލްޑަކުން ޖެހި އެ ނޫސްވެރިޔާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އެގޮތުން، ނޫސްވެރިޔާގެ ސިކުނޑިއަށް ގެއްލުންވެފައިވާއިރު، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލާފައިވެއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި، އައިސީޔޫގައި ފަރުވާދެމުން އަންނަ ނޫސްވެރިޔާއަށް މީގެ ދެ ހަފްތާކުރިން ވަނީ ފުލުހުންގެ އިންޒާރުތަކެއްވެސް ލިބިފައެވެ. އަދި މިފަހަކަށް އައިސް މުޒާހަރާތައް ކަވަރުކުރަން ތިބޭ ނޫސްވެރިންނަށް ފުލުހުން މިފަދައިން އިންޒާރުދޭކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން، ރޭގައި ކުރިއަށް ދިޔަ މުޒާހަރާގައިވެސް ޗެނަލް 13 ގެ ކެމެރާމަނެއް ކަމުގައިވާ މިސްބާހުއަށްވެސް ފުލުހުން ވަނީ ހަމާލާދީފައެވެ. އެގޮތުން އޭނާގެ ބޮލުގައި ޝީލްޑުން ޖަހައި އުނަގަނޑަށްވެސް އަނިޔާކުރިކަމަށްވާއިރު، ހޮސްޕިޓަލަށް ގެންގޮސްދިނުމަށް އެދުމުންވެސް އެކަން ފުލުހުން ކޮށްދީފައިނުވާކަމަށް މިސްބާހުއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ނޫސްވެރިންނަށް ފުލުހުން ކުރާ އަނިޔާތަކާ ގުޅިގެން، އެ މައްސަލަތައް ތަހްގީގްކޮށް އެ އަނިޔާތަކުގައި ޝާމިލުވާ އޮފިސަރުން ޖަވާބުދާރީ ކުރުވުމަށް، ސީޕީޖޭގެ އޭޝިއާ ޕްރޮގްރާމް ކޯޑިނޭޓަރު ބެހް ލިހް ޔީ ވަނީ، ރާއްޖޭގެ ތަހްގީގީ އިދާރާތަކަށް ގޮވާލައްވާފައެވެ. މި މައްސަލަތައް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ކުށްވެރިކުރަމުންދާއިރު، ރާއްޖޭގެ ޖަމިއްޔާތަކުންވެސް މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

 

2 Comments

  1. Hamalaa dheenee Hama ekani checal 13 ge noosvereennaa kemeraamanunnah e ee mi aniyaaveri sarukaaraa INDIAA as gulhigen puluhunnad koffaa vaa amuru, ehen evves noon verikamah kemeraa manakah aniyaa koffaeh neh mee Hama gasthugaa ppm ah kuraa gonna thakeh.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button