ޚަބަރުސިޔާސީ

އިސްލާމްދީނާއި ދެކޮޅު ހަރުކަށި ފިކުރު ހުއްޓުވަން މަސައްކަތްކުރެއްވިކަމަށް ވިދާޅުވެ ރައީސް ސޯލިހު އިތުރުފުޅު ހައްދަވައިފި

2023 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިއްވި ރިޔާސީ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމްދީނާއި ދެކޮޅު ފިކުރު ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް އެމަނިކުފާނުގެ ސަރުކާރުން ކުރެއްވިކަމަށް ވިދާޅުވެ، ރައީސް އިތުރުފުޅު ހައްދަވައިފިއެވެ.

ދުނިޔެއާއި އާހިރަތުގައި ކާމިޔާބާއި ފަލާހު ލިބެންއޮތީ އިސްލާމްދީނުގައި ކަމަށާއި، ހައްދަކީ ކޮންމެ ކޮޅަކަށްވެސް ފަހަނަ އެޅޭ އެއްޗެއްކަމަށާއި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އެކި މަސައްކަތްކުރެވުނު ކަމަށް ރައީސް އިބްރާހިމް ވިދާޅުވެފައިވެއެވެ.

އިސްލާމްދީނުގެ ނަމުގައި ދީނާ ދެކޮޅަށް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރުވަން ބަޔަކު މަސައްކަތްކުރި ނަމަވެސް، އެކަން ހުއްޓުވުމަށް ރައީސް އިބްރާހިމްގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިނަމަވެސް، މި ސަރުކާރުގައި ދީނުގެ ނަމުގައި ހައްދުފަހަނައަޅާކަމަށް ތުހުމަތުކޮށް އެތައް ބަޔަކު ހައްޔަރުކުރާއިރު، ދީނަށް ފާޅުގައި ފުރައްސާރަކުރާ މީހުން މިނިވަންކަމާއެކު އުޅޭތަން ފެނެއެވެ.

އަމިއްލަ ނަން ސިއްރުކޮށް އެހެން ނަންތައް ބޭނުންކޮށްގެން ދީނަށް ފުރައްސާރަކުރި އެތައް ބަޔެއް ފަޅާއަރައި ފުލުހުންނަށް އެމީހުންގެ މައުލޫމާތު ލިބި އެކަން ރިޕޯޓުކުރި ނަމަވެސް އެމީހުންނާމެދު ފިޔަވަޅެއް އަޅާފައިނުވެއެވެ. އެމީހުންގެ ތެރޭގައި މަޝްހޫރު ”އުފާ“ ނަމަކަށް ކިޔާ އަންހެނެއް ހިމެނޭއިރު، އޭނާއަކީ މިއަދާ ހަމައަށްވެސް އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރަމުންދާ މީހެކެވެ. އަދި ”ކުރެދިކުރި“ ނަމުގައި އިސްލާމްދީނަށް ފުރައްސާރަކުރި ޝައިހާން ނަމަކަށް ކިޔާ ޒުވާނަކު ވަނީ ފުލުހުންގެ ހިމާޔަތުގައި ރާއްޖެއިން ބޭރަށް ފުރުވާލާފައިވާއިރު، ”އުފާ“ ވެސް ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button