
މިމަހުގެ 3 ވަނަ ދުވަހު ޕީޕީއެމުން ކުރިއަށް ގެންދިޔަ ހިނގާލުމެއްގެ ތެރެއަށް ސައިކަލަކުން ވަތް މީހަކަށް ފުލުހުން ފިޔަވަޅު އަޅައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ހިނގާލުމުގެ ތެރެއަށް ސައިކަލުން ވަތް މީހާގެ މައްޗަށް ވަނީ ޓްރެފިކް ގާނޫނުން ފިޔަވަޅުވެސް އަޅާފައެވެ.
މީގެ އިތުރުން އެމީހާ ދުއްވި ސައިކަލު 15 ދުވަހަށް ޓޯވް ކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. މިފަހަކަށް އައިސް ސިޔާސީ ޕާޓީތަކުން، ރިޔާސީ އިންތިހާބާ ދިމާކޮށް މާލެއާއި އަތޮޅު ތަކުގައި ހަރަކާތްތައް ހިންގަމުންދާއިރު، އިދިކޮޅުން ކުރިއަށް ގެންދާ ސުލްހަވެރި އިހްތިޖާޖުތަކުގައި ފުލުހުން ދަނީ ބާރުގެ ބޭނުންކޮށް އެތައް ބަޔަކަށް ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.