ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދަވައެއް ނެތްކަމަށް ޑރ. މުއިއްޒު ވިދާޅުވެއްޖެ

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ނިންމަވާފައިވަނީ ހުސް ބޮޑެތި މަޝްރޫއުތައް ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދަވައެއް ނެތްކަމަށް ކުރީގެ ހައުސިންގ މިނިސްޓަރު އަދި މާލެ ސިޓީ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ހޯޕް ކޮންފަރެންސް“ ގެ ނަމުގައި އިދިކޮޅުން ބާއްވާ ކޮންފަރެންސްގެ ފުރަތަމަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރައީސް ޔާމީނު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރައްވަން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމަށެވެ.

އޭގެތެރޭގައި ބޯހިޔާވަހިކަމާއި ގެދޮރުގެ މައްސަލަތައް ހިމެނޭއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި އެންމެ ތަނެއް ފިޔަވައި ދެން ހުރި ޓަވަރު ތަކަކީ ސީދާ ރައީސް ޔާމީނުގެ ތަރައްގީކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ވިނަރެސް ފްލެޓްތަކަކީ މިހާރުގެ ސަރުކާރުން ކުރި ކަމެއްކަމަށް މި ސަރުކާރުން ބުނަން މަސައްކަތްކުރި ނަމަވެސް، އެ މަޝްރޫއުގެ މަސައްކަތްތަކާއި އަމަލީ ކަންކަން ފަށާފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ތަރައްގީގެ ދަށުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވިނަރެސް ފްލެޓްތަކަކީ ވެރިކަން ބަދަލުވިއިރު ”އެއްވެސް ހިފެހެއްޓުމެއް ނެތި“ ބަރާބަރަށް ކުރިއަށް ދިޔަ މަސައްކަތްތަކެއް ކަމަށާއި މި ސަރުކާރުން އެ މަޝްރޫއަށް ގެނައީ މަދު ބަދަލަކަށްވާއިރު އޭގެތެރެއިން އެ ޓަވަރުތަކުގެ ތިރީ 2 ފަންގިފިލާ ކޮމާޝަލް ފްލޯތަކަށް ބަދަލުކުރުމާ ގުޅިގެން، ފްލެޓްތައް މަދުވެފައިވާކަން ޑރ. މުއިއްޒު ހާމަކުރެއްވިއެވެ. އެއީ ރައީސް ޔާމީނުގެ ވެރިކަމުގައި 1530ފްލެޓު އަޅަން ނިންމި ޓަވަރުތަކަކަށްވާއިރު، މުއިއްޒު ފާހަގަކުރެއްވި ބަދަލާއެކު ފްލެޓުތަކުގެ އަދަދު ވަނީ 1340އަށް މަދުވެފައެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button