ޚަބަރުސިޔާސީ

ރައީސް ޔާމީނަކީ ގާނޫނާއި ހިލާފުވާނެ ބޭފުޅެއްނޫން: އާދަމް ޝަރީފް

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަކީ އެއް އިރަކުވެސް ގާނޫނާއި ގަވާއިދުތަކާއި ހިލާފުވާނޭ ބޭފުޅެއް ނޫންކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރާއްޖެ އެމްމީއިން ”ރައީސް ޔާމީން ގެ އެންގެވުމަށް ޕީޕީއެމް/ޕީއެންސީ އިން ސަރުކާރަށް ޕްރެޝަރުކުރުމަށް ހަރަކާތްތަކަށް ތައްޔާރުވަނީ“ މިނަމުގައި ޝާއިއު ކޮށްފައިވާ ހަބަރު ދޮގު ކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު ވެސް ޕީޕީއެމް/ޕީއެންސީ އިން ސިޔާސީ ހަރަކާތްތަށް ހިންގި ކަމަށާއި، ލޮކްޑައުން ނިމުމުން ސިޔާސީ ހަރަކާތްތަށް ފެއްޓޭނެކަމުގައެވެ.  އަދި އެއީ ރައީސް ޔާމީން އަންގަވައިގެން ކުރައްވާ ކަންކަމެއް ނޫން ކަމުގައިވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

”ރައީސް ޔާމީނަކީ އެއްއިރަކު ވެސް ގާނޫނާއި ގަވާއިދުތަކާއި ހިލާފުވެ ވަޑައިގަންނަވާނޭ ބޭފުޅެއް ނޫން“ އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެ އެމްވީގެ މި ހަބަރަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި އެ ނޫހުގެ ބޭނުމަކީ ފިތުނަ އުފެއްދުން ކަމަށް އެ ހަބަރު ހިއްސާ ކުރި ގިނަ ބަޔަކު ބުނެފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button