ޚަބަރު

އޮމްބަޑްސްޕަރސަންގެ އޮފީހުން ސިއްރު އަޑުއެހުންތަކެއް ބާއްވަނީ

އޮމްބަޑްސްޕަރސަންގެ އޮފީސްއިން ސިއްރު އަޑޫއެހުންތަކެއް ބާއްވަނީ

ޖަލުތަކުގައި ހިނގާފައިވާކަމަށް ބުނެ ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކުގެ މައްސަލަތަކާ ގުޅޭ ކްލޯޒްޑް ހިއަރިންގ ބާއްވާ ތާރީޚުތައް އިޢުލާންކޮށްފިއެވެ. 

01 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018ގެ ނިޔަލަށް ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ކަމަށް ބުނެ ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ސިއްރިއްޔާތުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

މިވަގުތު ޖަލުތަކުގައި ތިބި ގައިދީންގެ ބަޔާންތައް ނެގުމަށް 26 ފެބުރުވަރީ 2023 އިން 03 މާރިޗު 2023ގެ ނިޔަލަށް އަޑުއެހުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މިކަމާ ގުޅޭ އިތުރު އަޑުއެހުންތަކެއް މާލޭ ސިޓީގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެކަމަކު މާލޭ ސިޓީގެ އަޑުއެހުންތައް ބާއްވާނެ ތާރީޚެއް އަދި ނިންމާފައެއް ނުވެއެވެ.

މާލެ ސިޓީގައި ބޭއްވުމަށް ނިންމާފައިވާ އަޑުއެހުންތަކާ ގުޅޭ މަޢުލޫމާތު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށް ޢާންމުކުރަން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button