ޚަބަރު
މާލެ އަދި ހުޅުމާލޭގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަނީ
މާލެ އަދި ހުޅުމާލޭގައި ހަތިޔާރާއެކު ސިފައިން ޙަރަކާތްތެރިވާނެ!
ހަތިޔާރާއެކު ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް މާލޭގެ އެކި އެކި ސަރަހައްދުގައި ހިންގާނެކަމަށް އެމް.އެން.ޑީ.އެފް އިއުލާނުކޮށްފިއެވެ.
މި ތަމްރީނަކީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގުޅިގެން ހިންގާ ތަމްރީނެކެވެ.
އަސްކަރީ ތަމްރީނުތަކެއްގައި 2023 ފެބްރުވަރީ 01 އިން 09 އަށް މާލެ، ހުޅުމާލެ ފޭސް 01 އަދި 02 ގެ އެކިއެކި ލޮކޭޝަންތަކުގައި ޙަރަކާތްތަކެއް ކުރިއަށް ގެންދަންވަން ހަމަޖެހިފައިވާކަމަށް ވަނީ ނިންމާފައެވެ.