ޚަބަރު

ޝަރީއަތް ނިމެންދެން ޔާމީން ބަންދުކުރީ އޮޅުވާލައިގެންކަން ހާމަވެއްޖެ

އިދިކޮޅު ސިޔާސީ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޝަރީއަތް ނިމެންދެން ބަނދުކުރީ އޮޅުވާލާއިގެން ކަން ހާމަވެއްޖެއެވެ.

”ބޮންތި“ ނޫހުން މިއަދު ”ރައީސް ޔާމީންގެ ޝަރީއަތުގެ އެތެރެފުށް!“ މި ނަމުގައި ޝާއިއު ކުރި ރިޕޯޓެއް ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓެއްގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދުކުރަން އޭނާ ނިންމީ އެމްއެމްޕީއާރުސީގެ ތަހުގީގުގައި ހިމެނޭ ހެއްކަކަށް 7 ލައްކަ ރުފިޔާ ރިޝްވަތުގެ ގޮތުގައި ހުށަހަޅައި އޭނާގެ ބަޔާން ބަދަލުކުރުމަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ދައުލަތުން ހެކި ހުށައެޅުމުންނެވެ.

ރައީސް ޔާމީން ބަންދުކުރަން ނިންމި ފަހުން ރިޝްވަތު ހުށަހެޅުނުކަމަށް ބުނާފަރާތުން އޭނާގެ ބަޔާން ބަދަލު ކުރިކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން ފައިނޭންޝިއަލް އިންޓަލިޖެންސް އުނިޓް (އެފްއައިޔޫއިން) ތައްޔާރުކޮށްފައިވާ އެސްޓީއާރުތަކެއް ނައްތާލުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަަރު މެދުވެރިކޮށް އެފްއައިޔޫގެ އެކްޓިން ހެޑަށް ރައީސް ޔާމީން ނުފޫޒު ފޯރުވާކަމަށް ބުނެ ދައުލަތުން އެކަމާގުޅޭ ހެކި ހުށަހެޅުމުން ޝަރީޢަތް ނިމެންދެން ބަންދުކުރެވުނީ ކަމަށް ހައިލަމް ވިދާޅުވިއެވެ.

އޭނާގެ ނިންމުން ބާޠިލުކުރުމުގައި ހައިކޯޓުގެ މައިގަނޑު ވާހަކަ އަކަށް ވެފައި އޮތީ، ރައީސް ޔާމީން ނުފޫޒު ފޯރުވިކަމަށް ބުނަނީ އޭނާ ބަލަމުންދިޔަ މައްސަލައިގެ ހެއްކަކަށް ނޫންކަމުގައި ހައިލަމް ވިދާޅުވިއެވެ. އެހެން މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވިކަމަަށް ހެކި ލިބިފައިވާނަމަ، ބަލަމުންދާ މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮންނާނެކަން ހައިކޯޓުގެ ފަނޑިޔާރުންނަށް ނޭނގުމަކީ އޭނާގެ މައްސަލައެއް ނޫން ކަމަށްވެސް ހައިލަމް ވިދާޅުވިއެވެ. އަދި އެކަމުން އެނގެނީ އެބޭފުޅުން ފަނޑިޔާރުކަމަށް ކުފޫހަމަނުވާކަން ކަމަށް ހައިލަމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރަން އެންމެ 5 ގަޑި އިރަށް ވެފައި ވަނިކޮށް ޖުޑީޝިއަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގާޒީ ހައިލަމް މަގާމުން ވަކި ކޮށް ސަސްޕެންޑް ކުރިކަން ފާހަގަ ކޮށްލެވެއެވެ.

 

 

One Comment

  1. ޙުސް ހޮޅި ވާހަކަ، ހައިލަމް ހުރީ އެންމެ އަޑީގައި، ރާވައިގެން އަމިއްލައަށް މައްސަލައިން ބަރީއަވީ. ޢަދި މިކަން ހާމަވާނެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button