ގުރޫޕަކުން މީހަކަށް ތޫނު ހަތިޔާރުން ހަމަލާދީފި
މާލޭގެ ގުރޫޕް ހަދައިގެން މާރާމާރީ ހިންގާ ޖަމާއަތަކުން މީހަކަށް ތޫނު ހަތިޔާރުން ހަމަލާ ދީފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ ޣިޔާސުއްދީން ސްކޫލު ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބުނީ އިއްޔެ 16:10 ހާއިރު ކަމަށެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި މާރާމާރީގައި އަނިޔާވެފައިވަނީ ފިރިހެނަކަށެވެ. އަދި އައިޖީއެމްއެޗްގައި އެ މީހާއަށް ދަނީ ފަރުވާދެމުންނެވެ. އަނިޔާވި މީހާގެ ހާލަތުއަދި ސާފުވާ ގޮތެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުންދާ ކަމަށެވެ.
މާރާމާރީގައި އަނިޔާވި މީހާ މަގުމަތީގައި ހުއްޓި ހުރި މަންޒަރެއް ވީޑިއޯއަކުން ފެނެއެވެ.
Person stabbed near Giyaasudheen International School – Evening Today pic.twitter.com/O6CgEO9px4
— Razzan Ibrahim (@RazzanMDV) January 24, 2023