ޚަބަރުސިޔާސީ

ލާދީނީ ރިޕޯޓު ނެރުނު އުތެމަ ޖަމާއަތާ ދެކޮޅަށް ޝުއޫރު ފާޅުކުރި މީހަކަށް ހުކުމް ކުރަނީ

ލާދީނީ ރިޕޯޓު ނެރުނު އުތެމަ ޖަމާއަތާ ދެކޮޅަށް ޝުއޫރު ފާޅުކުރި މީހަކަށް މިމަހުގެ25 ވަނަ ދުވަހު ހުކުމް ކުރުމަށް ށ.ފޭދޫ ކޯޓުން ނިންމައިފިއެވެ.

”ބޮންތި“ އަށް އެނގިފައިވާގޮތުގައި އެ މައްސަލާގައި ހުކުމް ކުރަން އުޅެނީ އަހުމަދު ސުލްތާން ނަމަކަށް ކިޔާ އެ ރަށު އާންމު ރައްޔިތެކެވެ. ސުލްތާން ”ބޮންތި“ އަށް މައުލޫމާތު ދެމުން ބުނީ ”ބޭން އުތެމަ“ އަދި ”ބޭން އެމްޑީޕީ“ ފަދަ އިބާރާތް ބޭނުންކޮށްގެން ކޮންސްޓްރަކްޝަން ސައިޓެއްގެ ފާރުގައި ސްޕްރޭކޮށްފައި ހުރިތަން އޭނާއަށް ފެނިގެން އެ ސަރަހައްދަށް ދިޔައިރ،ު އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލް މެންބަރަކު ހުރި ކަމުގައެވެ. އަދި ފާރަށް ސްޕްރޭކޮށްފައި ހުރިތަން ފޮޓޯ ނަގައި ވީޑިއޯ ކުރަން ފެށުުމުން އެމްޑީޕީގެ އިތުރު 2 ކައުންސިލް މެންބަރުންނާއި 2 މަސައްކަތު ދެ މީހުން އެތަނަށް ގޮސް އޭނާ ފްރޭމްކުރުމަށް ނިންމި ކަމުގައެވެ. އަދި ފުލުހުންނަށް ހެކިބަސް ދިނީވެސް އެމީހުންކަން ސުލްތާން ފާހަގަކުރިއެވެ.

ސުލްތާން ފްރޭމް ކުރުމުގެ ގޮތުން އޭނާ ކުރި ކަމެއްގެ ގޮތުގައި ދެއްކުމަށް އެމްޑީޕީ ކައުންސިލަރުން ކޮށްފައިވާ މަސައްކަތާ ދެކޮޅަށް ދައުވާ ކުރާނެ ކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button