ޚަބަރުސިޔާސީ

ޝާހިދަށް އެމްޑީޕީ ޕުރަމަރީ ވޯޓުލާ ތާރީހު އޮޅިއްޖެ

އެމްޑީޕީގެ ރިޔާސީ ޕުރައިމަރީ ވޯޓުލާ ދުވަސް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އޮޅިއްޖެއެވެ.

އއ. ތޮއްޑޫގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ އެމްޑީޕީގެ ޕުރައިމަރީއަށް ވޯޓު ލާ ދުވަހަކީ 28 ފެބުރުއަރީ ކަމަށް ވިދާޅުވެފައެވެ.

”ތިޔަބޭފުޅުންނަށް މިއަދު ލިބިފައިވާ ހުލްގުހެޔޮ، ކެތްތެރި، އޯގާތެރި ރައީސުލް ޖުމްހޫރިއްޔާ އެކު ކުރިޔަށް ފެބުރުއަރީ 28 ވަނަަ ދުވަހު ނުކުމެ ރައީސުލް ޖުމްހުރިއްޔާ އެކު ކުރިޔަށް ވަޑައިގަތުމަށް ނުކުމެވަޑައިގަތުމަށް.“ ޝާހިދު ވިދާޅުވިއެވެ.

ޝާހިދަށް މިފަދައިން ވިދާޅުވެވުނީ އޮޅުމެއްގެ ތެރެއިން ކަމަށް ބެލެވެއެވެ. އެމްޑީޕީ ރިޔާސީ ޕުރައިމަރީ ބާއްވަން ނިންމާފައިވަނީ ޖަނަވަރީ 28 ވަނަ ދުވަހުގައެވެ.

ފަހަކަށް އައިސް ރައީސް ސޯލިހުއާއި އެމަނިކުފާނުގެ ސަޕޯޓަރުން ކެމްޕޭން ޖަލްސާ ތަކުގައި ވާހަކަދައްކަވަމުންދާ ވަގުތު ވަރަށް ގިނައިން އިތުރުފުޅު ހައްދަވަމުންދާކަމަށް ފާހަގަ ކުރެވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button