
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާތަކުގައި ޖަޑިބަކަށް ލާނެ މީހެއް ނެތިގެން އެމަގާމަށް މޫސާ މަނިކު(ރީކޯ) ހަމަޖައްސައިފިއެވެ.
ރީކޯ މޫސަ ދަނީ ރަށަށް އަރައި އެމްޑިޕީ ޖަގަހަތައް ކައިރިއަށް ގޮސް ފޮޓޯ ނަގައި އެ ފޮޓޯ މީސް މީޑިއާއަށް ލައި، މީހުންނާ ޒުވާބު ކުރަމުންނެވެ.
އެންމެ ފަހުންވެސް ރީކޯ މޫސަ ރަށަކަށް ގޮސް އާންމު ރައްޔިތެއް އޭނާ ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ދައްކަން ބުނުމުން އެމީހާ އާއި ވަރަށް ހުތުރުކޮށް މުއާމަލާތް ކުރާ ވީޑިއޯއެއް ވެސް މީސް މީޑިއާގައި ލީކްވެފައެވެ.
ފަހަކަށް އައިސް ރީކޯ މޫސަ އަންނަނީ އާންމު ރައްޔިތުންނާއި، ނޫސްވެރިންނަށް ގުޅާ ވަރަށް ހަޑި ހުތުރުކޮށް ވާހަކަ ދައްކަމުންނެވެ. އެގޮތުން ދިޔަރެސްގެ ނޫސްވެރިޔާ އަހުމަދު އަޒާންއަށްވެސް ގުޅާފައި މޫސަ ވަނީ ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައެވެ.