
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އަނިޔާވެރިނުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން ނެތީތޯ ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ސުވާލުކުރައްވައިފިއެވެ.
ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހްއާއި މިސުވާލުކުރައްވާފައިވަނީ، އިންތިހާބާ ދިމާކޮށް ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި 11 އަހަރު ދުވަހުގެ ހުކުމާއި ގުޅުވައިގެންނެވެ.
ރ. @ibusolih ޤާނޫން ހިންގުމުގައި ތަފާތުކުރައްވަނީ ކީއްވެތޯ؟ ތިގޮތަށް ތަފާތުކުރާ ވެރިޔަކު ރައްޔިތުންގެ ޚާދިމަކަށް ކަމުދާނީ ކިހިނެއްތޯ؟ ރ. ޔާމީންގެ މައްޗަށް އަނިޔާވެރި ނުވެ، އިންތިޚާބް ކާމިޔާބުނުކުރެއްވެނީތޯ؟ pic.twitter.com/G0KbNypy9l
— Mohamed Jameel Ahmed (@MJameelAhmed) January 21, 2023
ގާނޫނު ހިންގުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށާއި، އެފަދައިން ތަފާތުކުރުން ގެންގުޅުއްވަނީ ކީއްވެތޯއާއި އަދި ރައީސް ސާލިހަށް ރައްޔިތުންނަށް ކޮށްދެވޭނީ ކޮން ޚިދުމަތެއްތޯ ޖަމީލްވަނީ އައްސަވާފައެވެ.