ޚަބަރު

އުމުރުން ދުވަސްވީ މީހަކު ފަހާ ފުލުހުން ދުވެފި

އުމުރުން ދުވަސްވީ އަންހެންމީހަކު ފަހާ ފުލުހުން ދުވާ މަންޒަރެއް ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އެ އަންހެން މީހާއަކީ އާދީއްތަ ދުވަހުގެ ރޭގައި އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ސުލްހަވެރިކަމާއެކު ބައިވެރިވި މީހެއްކަމަށް މައުލޫމާތުލިބެއެވެ.

އުމުރުން ދުވަސްވީ އަންހެން މީހާގެ ފަހަތުން 3 ފުލުހަކު ދުވެފައި ގޮސް އެމީހާގެ ހައްޔަރުކުރާ މަންޒަރު މީސްމީޑިއާގައި އާންމުވުމާ ގުޅިގެން، އެކަމުގެ ފާޑުކިޔުންތައް ފުލުހުންނަށް ދަނީ އަމާޒުވަމުންނެވެ. ވިޑިއޯއިން ފެންނަގޮތުގައި އެމީހާ ފަހާ ގޮސް، އަތުވުމުން، ފުލުހުން ވަނީ އާންމުކޮށް މީހުން ހައްޔަރުކުރަން އެމީހުން ބޭނުންކުރާ ލޮކެއް އެމީހާގެ ދެ އަތުގައި އަޅުވާފައިވެއެވެ. އަދި އެ މީހާ ހައްޔަރުކޮށްގެން އެތަނުން ދިއުމަށް، އެވަގުތު އެތާހުރި އެސްއޯ ކޮމާންޑަރު ބުނާ އަޑުވެސް އިވެއެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި، އިހުތިޖާޖުކުރާތީ ފުލުހުން ދަނީ ކޮންމެ ދުވަހަކުވެސް އެކަމަށް ހުރަސް އަޅަމުންނެވެ. އެ އިހުތިޖާޖުތަކުގައި އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްވެސް އޮންނާނެ ކަމަށް ދާދިފަހުން ރައީސް އިބްރާހީމް ސާލިހް ވިދާޅުވެފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button