ޚަބަރު
ހިންނަވަރުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ޅ. ހިންނަވަރުގައި ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީއިން މި މަސައްކަތް، އެސްއޭއެސް އީ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވާއިރު، މައުލޫމާތު ލިބޭގޮތުގައި އެ ހޮސްޕިޓަލުގައި 30 އެނދު ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.
މި ހޮސްޕިޓަލު އިމާރާތްކުރުމަށް ޖުމްލަ 185،810،605.08 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެފައިވާއިރު، މައުލޫމާތު ލިބޭ ގޮތުގައި އެ ހޮސްޕިޓަލުގައި ބަހައްޓާ ކޮންމެ އެނދެއްގެ އަގު 6 މިލިއަން ރުފިޔާއަށް އަރައެވެ.