ޚަބަރުސިޔާސީ

ރައީސް ނަޝީދާއި ދެމެދު ހިތްހަމަ ނުޖެހެނީ ވެރިކަން ބޭނުންވެގެން އުޅުއްވާތީ: ރައީސް ސޯލިހް

ރައީސް ނަޝީދާއި ރައީސް ސާލިހާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ އަސްލަކީ، ރައީސް ނަޝިދު ވެރިކަން ބޭނުންފުޅުވެގެން އުޅުއްވާތީ ދިމާވާކަމެއް ކަމަށް ރައީސް ސާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން މިދާޅުވީ ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނޫސްވެރިޔަކު، ރައީސް ނަޝީދާއި ރައީސް ސާލިހްއާ ދެމެދު އޮތް ނުތަނަވަސްކަމާ ގުޅިގެން ސުވާލުކުރެއްވުމުން ”މިވަގުތު ހިޔާލު ތަފާތުވެގެން މިއުޅޭ މައިގަނޑު ސަބަބަކީ އަޅުގަނޑު ހިތުން، ވެރިކަމުގައި ހުރި ހުރުމާމެދު ހިޔާލުތަފާތުވެގެން. އަޅުގަނޑުވެގެނެއްނޫން. ރައީސް ނަޝީދަކީ ވެރިކަން ބޭނުންފުޅުވާ ބޭފުޅެއް. ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުއްޓަސް ހިޔާލުތަފާތުވުން އޮންނާނެ. އެހެންކަމުން މިހާރު އޮތް ހިޔާލު ތަފާތުވުމަކީ އަޅުގަނޑު މަގާމުގައި ހުރުމުން އޮތް ހިޔާލުތަފާތުވުމެއް“ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި އިރު، އެމަނިކުފާނާއި ރައީސް ސާލިހާވެސް ދެބަސްވާ ކަންކަން ހުރިކަމަށާއި، އެކަމުގައި ރައީސް ސާލިހުގެ ހިޔާލުފުޅު އެރުއްވުމުން، ވަކި ގޮތެއް ނިންމުމުގެ ކުރިން މަޝްވަރާކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު، ގޮތް ނިންމަން ދޫކޮށްލައްވަނީ ކަމަށެވެ. އަދި މިހާރު ވެރިކަމުގައި ހުންނެވީ ރައީސް ސާލިހް ކަމަށްވާއިރު، އެމަނިކުފާނުވެސް ކަންކަމުގައި ގޮތް ނިންމާއިރު، އެހެން ބޭފުޅުންނާ މަޝްވަރާކުރައްވަން ޖެހޭނެކަމަށާއި، ގިނަބަޔަކަށް މަންފާވާގޮތަށް ކަންކަން ނިންމަން ޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

 

 

One Comment

  1. ބަލަ ނަސީދުއެއްނޫސޯލިހަށްވެރިކަންހޯދަދިނީ އެހެންނޫނަސް ނަސީދުއަމިއްލަކަމެއްތ ވެރިކަންހޯދަށްއުޅުއް އެކަމާއެހެންމީހުންބެހޭނެކަމެއް ެެއްތަ ދެންސޯލިހު ވެރިކަމުންއެއްފަރާތްވެ.ނަސީދުއަށްދޫކުރަށްވީނު ެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button