ޚަބަރުސިޔާސީ

ރައީސް ޔާމިންގެ މައްޗަށް ކުރި ހަރާން ހުކުމް ބަލައެއް ނުގަންނަން: އިދިކޮޅު ކޯލިޝަން

ދައުލަތުން އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ މިހާރުގެ ސަރުކާރުން އެންގި ގޮތަށް ސާބިތުވާކަމަށް, ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ކުރެއްވި ހުކުމް ބަލައި ނުގަންނަ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެފައިވަނީ މިއަދު ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ އިންޑިއާ އަޑީގައި އޮވެ މާކުރިއްސުރެން ރާވައިގެން ކޮށްފައިވާ ހުކުމެއް ކަމަށެވެ.

މިއަދު ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތް ފެށުން ލަސްވުމަށް އިޝާރާތް ކުރައްވާ އަދުރޭ ވިދާޅުވެފައިވަނީ މިއަދު ޝަރީއަތް ލަސްވެފައިވަނީވެސް ނުހައްގުން ހުކުމް ކުރުމަށް ކަމުގައެވެ. އަދި އިންޑިއާގެ ނުފޫޒުން މިގައުމު ސަލާމަތް ކުރުމަށް ދިވެހި ހުރިހާ ރައްޔިތުން މާލެ އަންނަން ޖެހޭ ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމުން އަޒުލު ކުރަން މުޅި ގައުމު ތެދުވަން ޖެހޭ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

ދައުލަތަށް ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އަދަބާއި މެދުގައި ވާހަކަ ދެއްކުމަށް ދިން ފުރުސަތުގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް މަދުވެގެން 8 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިދިނުމަށެވެ. މީގެއިތުރުން, މަނީ ލޯންޑަރ ކުރި ކުށަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށްވެސް އެދިފައިވެއެވެ. އެހެން ކަމުން މިހާރުގެ އެމްޑީޕީގެ ސަރުކާރުން އެދިފައިވަނީ މުޅިއަކު 19 އަހަރުގެ ޖަލުހުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވުމަށެވެ.

ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީން މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާއިރު, އެ މައްސަލއިގެ ހުކުމް އިއްވަމުން އިސް ގާޒީ ވިދާޅުވެފައިވަނީ ޗެކު ބަލައިގަތުމާއި ޗެކު ދޫކުރިކަން މައްސަލާގައި ހުށަހަޅާފައިވާ ޗެކާއި ބޭންކު ސްޓޭޓްމެންޓްތަކުން ސާބިތުވާކަމަށެވެ.

އެހެންނަމަވެސް, ރައީސް ޔާމިން ގެ ފަރާތުން އެ ފައިސާ އާއި ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި ދިފާއީ ހެކިންނާއި ހެކިތަކާ ގުޅޭ ގޮތުން ގާޒީގެ ހުކުމުގައި އެއްވެސް ވާހަކަ އެއް ދައްކާފައި ނުވެއެވެ.

One Comment

  1. ހަދާން އެބަހުރިތޯ ރައީސް ނަޟީދުއައް ކުރި ހަރާން ހުކުމުގެމަތިން… ވެރިކަންކުރި މީހަކު ޔާމިނު ފިޔަވާ އަމިއްލަ އެކައުންޓައް ދައުލަތުގެ ފައިސާ ޖަމާކޮއް، އެފައިސާއިން ވިޔަފާރި ކޮއް މަންފާހޯދި އެއްވެސް ވެރިއެއް ނެތް.. ލާރި ބޭނުންވިޔަސް ބޮޑުވަރު. މާސުމާޓު ތަންދޮރު ދަންނަ މީހެއްކަމައް ހެދިގެން އުޅެފަ މުޅިންވެސް ކޮއްފަހުރީ ބޯގަޅި ކަންކަން… ދެންތިބި ވެރިންވެސް ފައިސާ ހޯދާ ނަހަމަގޮތުގަ.. އެކަމު ގަޅި ޔާމިނު ހޯދާ ގޮތަކައް ނޫން….

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button