ޚަބަރުސިޔާސީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް މާލޭ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރައްވާނެކަމަށް ރައީސް އިބްރާހިމް ވައުދުވެވަޑައިގެންފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް މާލޭ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރައްވާނެކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

އެހެން އެމަނިކުފާނު ވިދާޅުވީ 2023 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވައި ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖާގައިގެ ގޮތުން ތަނަވަސް ތަފާތު ފްލެޓުތަކެއް މިއަހަރު ރައްޔިތުންނަށް ދެވޭނެކަމަށާއި މިއީ ދައުރެއްގެ ތެރޭގައި ބިންގަލުން ފަށައި، ފްލެޓް އިމާރާތެއް ނިންމައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ފުރަތަމަ އަހަރަށް ވެގެންދާނެކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކޮށްފައިވެއެވެ.

މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި 20697 ފޯމު ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި 15164 ފޯމް ހުށަހަޅާފައިވާކަމަށާއި އެ ފޯމްތައް މިހާރު ޕްރޮސްސްކުރެވެމުންދާއިރު މިއަހަރުގެ ޖޫންމަސް ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރައްވާނެކަމަށް ރައީސް އިބްރާހިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަން ދޭނެކަމަށްބުނެ އެމަނިކުފާނު ވިދާޅުވި އަދަދަށްވުރެ މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދައިން ރައީސް އިބްރާހިމް ވިދާޅުވެފައިވާއިރު، މީގެ ކުރިންވެސް އެމަނިކުފާނުގެ ސަރުކާރުން އިންތިހާބާއި ދިމާކޮށް މިފަދަ ވައުދުތަކެއް ވެފައިވެއެވެ.

2022 ވަނަ އަހަރު ރައީސް އިބްރާހިމް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މަސައްކަތްތައް ނިންމަން ސަރުކާރުން ހިފި އަމާޒުގާ އެއްވެސް ކަސިޔާރުކަމެއް ނެތްކަމަށް، މިއަހަރުގެ ބަޔާނުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button