ޚަބަރު

ބޭނުން ނަމަ ހިޔާ ފްލެޓްތައް ބަދަލު ކުރެވޭނެ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި 25 ބުރީގެ ޓަވަރުތަކުން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ސުހެއިލް ވިދާޅުވީ ޓަވަރެއްގެ ތިރިން ފްލެޓް ލިބުނު މީހަކު މަތީ ފްލޯއަކަށް ބަދަލުވާން ބޭނުންވާ ނަމަ، ނުވަތަ މަތިން ފްލެޓް ލިބުނު މީހަކު ތިރިން ފްލެޓް ބޭނުން ނަމަވެސް ދެ ފަރާތް ގުޅިގެން އެކަން ކުރެވިދާނެ ކަމަށާއި، އެކަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

”ފްލެޓް ބަދަލުކުރަން ބޭނުންވާ މީހުންނަށް އަންނަ އާދިއްތަ ހިސާބުގައި ހުޅުވާލާނަން. އެއީ ޑްރާފްޓް އެއްބަސްވުމަށް ހިޔާލު ހޯދުމަށް ފަހުގަ.“ ސުލެއިލް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި 6,720 ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދައްކާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button