ޚަބަރު

ޓީބިލާއި ބޮންޑުގެ ޖުމްލަ 63 ބިލިއަނުގައި، ސަރުކާރު ބޮޑު ދަރަނިވެރިކަމެއްގައި!

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ވިއްކާ ބޮންޑާއި ޓީބިލުތަކަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ 63.5 ބިލިއަން ރުފިޔާ އަށްވުރެ އިތުރުކަމަށް ފިނޭޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

މި އަހަރު ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށާއި ބަޖެޓް ޑެފިސިޓް ހަމަޖެއްސުމަށް 13 ބިލިއަން ރުފިޔާ ސަރުކާރުން ދަރަންޏަށް ނަގަން ޖެހެއެވެ. މި ފައިސާ ހޯދުމަށް އެކިފަރާތްތަކުން ނަގާ ލޯނާއި، ރާއްޖޭގެ އެކި ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ އަދި މީގެ އިތުރުން ބޭރުގެ ފަރާތްތަކުން 7.5 ބިލިއަން ރުފިޔާ ސަރުކާރުން ދަރަނީގެ ގޮތުގައި ނަގާނެއެވެ. މި ދަރަނި ނަގަނީ ޓީބިލް އާއި ބޮންޑު ވިއްކައިގެންނެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފިނޭންސް މިނިސްޓްރީގެ ފާއިތުވީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސަރުކާރުން ވިއްކައި ފައިސާ ނުދައްކާހުރި ޓީބިލުގެ ޖުމްލަ އަދަދު 33 ބިލިއަން ރުފިޔާއަށް  އަރައެވެ. އޭގެ ތެރެއިން 29 ބިލިއަން ރުފިޔާ އަކީ ރާއްޖޭގެ އެތެރޭގެ މާކެޓަށް ދައްކަންޖެހޭ އަދަދެވެ. އަދި ޓީބިލުގެ  4.2 ބިލިއަން ރުފިޔާ އަކީ ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ އަދަދެވެ. އަދި ސަރުކާރުން  ވިއްކި ބޮންޑުތަކުގެ އެތެރޭގެ މާކެޓަށް 15.7 ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު، ބޭރުގެ މާކެޓަށް ދައްކަންޖެހޭ 3.8 ބިލިއަން ރުފިޔާ ވެއެވެ.

ބޮންޑާއި ޓީބިލުތަކަށް 63.5 ބިލިއަން ރުފިޔާ އަރާއިރު، ޖުމްލަ 54 ބިލިއަން ރުފިޔާ އެތެރޭގެ މާކެޓަށް ދައްކަން ޖެހެއެވެ. އަދި ޓީބިލުތަކަށް 2.2 ބިލިއަން ރުފިޔާ އެއްމަސް ތެރޭގައި، ތިން މަސް ތެރޭގައި 3.2 ބިލިއަން ރުފިޔާ، 6 މަސް ތެރޭގައި 4.3 ބިލިއަން ރުފިޔާ އަދި 24.8 ބިލިއަން ރުފިޔާ އެއް އަހަރު ތެރޭގައި ދައްކަން ޖެހެއެވެ. ބޭރުގެ ފަރާތްތަކަށް ވިއްކާފައިވާ ބޮންޑާއި ސުކޫކަށް 9.2 ބިލިއަން ރުފިޔާ އަރާފައިވާއިރު، އެ ދަރަނި ތިން އަހަރާއި ފަސް އަހަރާއި ދެމެދު ދައްކައި ނިންމަން ޖެހެއެވެ.

One Comment

  1. އަދިވެސް ސަރުކާރުންދަރަނިނަގަނަގާފަ ބުނާނެކަށް ޮޮާނ ެެކަމެއްނެތޭ ހުރިހާކަމެންވެސްވާގޮތަށޭހުރީ ދެންވެއްޓޭނީފާސާގެއަގު އަދިވެސްއެކިޔަނި ދެންވެސް ެރިކަންލި ޭތކޯބަލާށޭ.ގާބިލުކަންނެތީމާކަންމިހެންމިދިމާވަނީގަބޫލުކޮންވެރިކަމުންފާބާހިޔާލެންްނެތް މިހާދަރަނިއޮތްއިރުއަނެކަކުއެޔަނީ ކަންތައްކޮންދޭނެވާހަކަރަށްރަށައްގޮސް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button