ދިވެހި ސަރުކާރަށް ބޭރު ގައުމެއްގެ ނުފޫޒު އޮތުމަކީ ގާނޫނު އަސާސީ ޖާގަދޭކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް އެގައުމުގެ ހައިކޮމިޝަނުން ސަރުކާރުގައި އެދިފައިވާކަމަށް ”ދިޔަރެސް“ ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރެއް ހިއްސާ ކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.
”މި ލެވެލްގައި ބޭރު ގައުމެއްގެ ނުފޫޒު ދިވެހި ސަރުކާރަށް އޮތުމަކީ ވަރަށްބޮޑު ބިރުވެރިކަމެއް. މިއީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ޖާގަދޭ ކަމެއް ނޫން.“ ޝިޔާމް ވިދާޅުވިއެވެ.
Mi levelgai beyru qaumehge nufoozu Dhivehi sarukaarah othumakee varah bodu biruverikameh. Mee Dhivehi Jumhooriyyaa ge QA jaaga dhey kankamehnoon.
Dhiyares News ah fiyavalhu alhan India High Commission in Dhivehi sarukaarah angaifi https://t.co/rvC1O2Sv0n via @DhiyaresNews
— Ahmed Shiyam (@Shiyamaldives) June 30, 2021
އިންޑިއާގެ ހައިކޮމިޝަނުން ދިވެހި ސަރުކާރުގެ މައްޗަށް ނުފޫޒު ފޯރުވައި، ރާއްޖޭގެ މީޑިއާތައް ކޮންޓްރޯލްކުރުމަށް މަސައްކަތްކުރަމުން އަންނަކަން ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ފާހަގަކުރަމުންނެވެ.