ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީއަށް
![](https://bonthinews.com/wp-content/uploads/2021/07/mtcc.jpg)
ހއ.ހޯރަފުށީ އެއަރޕޯޓުގެ ރަންވޭގެ ހުޅަނގު ފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީއާއި ހަވާލު ކޮއްފިއެވެ.
މި މަޝްރޫއު ހަވާލު ކުރުމަށް މނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާުތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް ފާތުމަތު ޝާނާ ފާރޫގެވެ. އަދި މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން ހޯރަފުށީ އެއާޕޯޓުގެ ރަންވޭގެ ދެފަރާތުގައި 2،816 މިޓަރުގެ އެއްގަމު ތޮށި ލުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 90.5 މިލިއަން ރުފިޔާ އަށް، 360 ދުވަސް ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.