ޚަބަރު

މުސާރަ ނުދޭ ކަމަށް ބުނެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސައްކަތް ކުރާ އިންޑިއާ ކުންފުނީގެ މަސައްކަތްތެރިން މުޒާހަރާ ކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިންޑިއާގެ ކުންފުންޏަކުން އަޅަމުންދާ 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދޭތީ އިހުތިޖާޖު ކުރަން މިއަދު ނިކުމެއްޖެއެވެ.

މި ހައުސިންގ ޔުނިޓްތައް ތަރައްގީކުރުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަނަށް އިންޑިއާގެ އެގްޒިމް ބޭންކް އޮފް އިންޑިއާއިން ދޫކުރި ލޯނެއްނަގާފައިވެއެވެ. އަދި މި މަސައްކަތް ކުރުމަށް އިންޑިއާ ގެ ޖޭއެމްސީ ޕްރޮޖެކްޓްސް ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކޮށްފައިވެއެވެ.

800 އަށް ވުރެ ގިނަ މަސައްކަތް ތެރިން މިއަދު ފޭސް 2 ގައި މަސައްކަތް ކުރާ މީހުން ތިބޭ އެކޮމޮޑޭޝަން ސަރަހައްދުގައި ކުރި އިހުތިޖާޖުގައި ބައިވެރިވެފައިވެއެވެ. އިހުތިޖާޖު ފެށުމާއި އެކުގައި ހުޅުމާލެ ފޭސް 1 ގައި ހުންނަ އިންޑިއާ ހައިކޮމިޝަން ސަރަހއްދުގެ ސެކިއުރިޓީ ވަރުގަދަކޮށް ދިވެހި ފުލުހުންވަނީ އެ މަގު ބަންދުކޮށްފައެވެ.

މި އިހުތިޖާޖާއި ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަނަކުން އަދި ވަކި ބަހެއް ބުނެފައިނުވެއެވެ. އެހެންނަމަވެސް, ބައެއް މީޑިއާތަކަށް އެ ކުންފުނިން މައުލޫމާތު ދީފައިވާ ގޮތުގައި މުސާރަ ދިނުމުގައި ދަތިތަކެއް ކުރިމަތިވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ސިޔާސަތަށް ގެނައި ބަދަލާކާ ގުޅިގެން ކަމަށް ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button