ޚަބަރު

އިންޑިއާ ސަފީރު ގިނަ އަދަދެއްގެ ފަނޑިޔާރުންނާ ބައްދަލު ކޮށްފި

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް ގިނަ އަދަދެއްގެ ފަނޑިޔާރުން މިއަދު ހާޒިރުކޮށްފިއެވެ.

އިންޑިއާގައި ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ޖުޑީޝަލް އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއްގައި ފުރަން ހަމަޖެހިފައިވާ ފަނޑިޔާރުން އެ ގައުމަށް ފުރުވާލުމުގެ ކުރިން ހާއްސަ ރަސްމިއްޔާތެއް މާލޭގައި ބާއްވާފައިވެއެވެ. މި ޕްރޮގްރާމަކީ ޖުޑީޝަލް ސާވިސ ކޮމިޝަނާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި އިންޑިއާގެ ހައިކޮމިޝަން ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމުގައި ހައިކޯޓާއި މާލޭގައި ހުންނަ ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓު ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމަށް ފަނޑިޔާރުން ފުރުވައިލުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރުންނާއި އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ބައެއް ފަނޑިޔާރުން ބައިވެރިވެވަޑައިންފާވެއެވެ. މީގެ އިތުރުން, އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރުވެސް ބައިވެރިވެފައިވެއެވެ.

އެ ތަމްރީން ޕްރޮގުރާމުގައި އިންޑިއާއަށް ވަޑައިގަންނަވާ ފަނޑިޔާރުން ހުޅުމާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް ރަސްމިއްޔާތަށް ފަހު ވަޑައިންފައިވެއެވެ. ހައިކޯޓުގެ އިތރަށް ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ހައިކޮމިޘަނަށް ގެންގޮސްފައިވެއެވެ. ގިނަ ވަގުތުތަކެއް މި ފަނޑިޔާރުންވަނީ އިންޑިއާގެ ހައިކޮމިޝަނުގެ ތެރޭގައި ހޭދަކުރައްވާފައެވެ.

ފަނޑިޔާރުން ބޭރަށް ފުރުމުގެ ކުރިން ވިސާގެ ކަންކަން ފުރިހަމަ ކުރުމަށްޓަކައިކަމަށް ބުނެ އިންޑިއާ އެމްބަސީއަށް ހާޒިރުކުރި އިރު، އިންޑިއާއަށްދާ އާއްމު ދިވެހިންވެސް މިހާރު ފުރުމުގެ ކުރިން ވިސާ ނަގާކަށް ނުޖެހެއެވެ. އެހެންކަމުން ރަސްމީ ދަތުރެއްގައި ބައިވެރިވާ ފަނޑިޔާރުން ފުރުމުގެ ކުރިން ވިސާ ހަމަޖައްސަންޖެހޭ ސަބަބެއް ސާފެއްނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button