ޚަބަރުވިޔަފާރި

އޮންދިގޯ ނަސީބުވެރިޔާ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ނަން މަޝްހޫރު ކާބޯތަކެތީގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެއް ކަމަށްވާ އޮންދިގޯގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ ”އޮންދިގޯ ނަސީބުވެރިޔާ“ ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ ޖުލައި 1 އިން ފެށިގެން ޖުލައި 31 އަށް ކަމަށް އޮންދިގޯގެ ފަރާތުން މައުލޫމާތުދެއެވެ. ޕްރޮމޯޝަންގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ނަސީބުވެރިޔަކު ހޮވަން ހަމަޖެހިފައިވާ ކަމަށާއި، މި ނަސީބުވެރިޔާ އޮންދިގީގެ ފޭސްބުކް ޕޭޖްގައި ލައިވްކޮށް އިއުލާން ކުރެވޭނެ ކަމަށް އޮންދިގޯގެ ފަރާތުން ވަނީ ބުނެފައެވެ. އަދި ކޮންމެ ނަސީބުވެރިޔަކަށްވެސް އޮންދިގީގެ ފަރާތުން ދޭ ގިފްޓް ހޭމްޕަރ އެއް ލިބޭނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މި ގިފްޓް ހޭމްޕަރ އަކީ އޮންދިގޯގެ ޕްރޮޑަކްޓްތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ، 1000 ރުފިޔާ ގެ އަގުހުރި ގިފްޓް ހޭމްޕަރއެއް ކަމަށް އޮންދިގޯއިން ވަނީ ފާހަގަކޮށްފައެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔުމަށްޓަކާ، ކޮންމެ ދުވަހަކުވެސް އޮންދިގޯގެ ފަރާތުން ސޯޝަލް މީޑިޔާގައި ޕޯސްޓެއް ކުރާނެކަމަށާއި، އެޕޯސްޓްގައި އިންނަ ލިންކް މެދުވެރިކޮށް އޮންދިގޯގެ ވެބްސައިޓަށް ވަދެ. ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ކަންކަން ކުރިޔަށް ގެންދެވޭނެ ކަމަށް އޮންދިގޯއިން ބުނެފައިވެއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކާ، ބައިވެރިންގެ ފޯން ނަންބަރުތައް ނެގުނު ކަމުގައި ވިޔަސް، ނަސީބުވެރި ފަރާތް ހޮވުމަށްފަހު އެ ނަންބަރުތައް ޑިސްކާޑް ކޮށްލެވޭނެ ކަމުގެ ޔަގީންކަން އޮންދިގޯގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ މޫސާ ރަމީޒް ވަނީ ދެއްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button