ޚަބަރުސިޔާސީ

ދަނބިދަރިފުޅު އަމަލު ކުރައްވަމުން ގެންދަނީ ސާހިބުމީހާގެ އަމުރުތަކަށް: ޑރ.ޖަމީލު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަމަލުކުރައްވަނީ ސާހިބުމީހާ، އެމަނިކުފާނުގެ ބަފައިބެ އަދި ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ އެއް މޭސްތިރި ކަމަށްވާ ސިއްކަ އަހުމަދު އިސްމާއިލްގެ އޯޑަރަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަމަދު ވިދާޅުވެއްޖެއެވެ.

 ބޮޑު ސިއްކަ، 18 އަހަރަށް ފަހު ރާއްޖެ އައުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ.ޖަމީލު ވިދާޅުވެފައިވަނީ “ މުޖުރިމު އަނބުރާ އަތުވެއްޖެ“ ކަމަށާއި، ބާރުވެރިކަން ހަގީގަތުގައި އޮތީ އޭނާގެ އަތުގައި ކަމަށެވެ. އަދި ނޮވެމްބަރު 3 ގެ ހަމަލާގެ ބިރުވެރިކަމުން ދިވެހިން އަދިވެސް އަރައި ނުގަންނަ ކަމަށެވެ. އެ ދުވަހު ޝަހީދުވި 19 ދިވެހިންގެ ލޭ ސިއްކަގެ އަތުގައި ހޭކިފައިވާކަމަށްވެސް ޑރ.ޖަމީލު ވިދާޅުވިއެވެ.

ސިއްކަގެ މައްޗަށް 3 ނޮވެމްބަރުގެ ހަމަލާގެ ކުށް ސާބިތުވެ އެ ކުށުގެ އަދަބަށް ޖަލު ހުކުމެއް ވެސް ތަންފީޒުކުރަން ޖެހިފައިވެއެވެ. އެހެންނަމަވެސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ސިއްކަ މިނިވަންވުމުން ގިނައިން އުޅެފައިވަނީ ރާއްޖެއިން ބޭރުގައެވެ. އަދި 2004 ވަނަ އަހަރު ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތަރޭގައި ޖަލަށް ދާންޖެހިދާނެތީ ބިރުން ސިއްކަ ވަނީ ރާއްޖެ ދޫކޮށް 18 އަހަރު ވަންދެން ސްރީލަންކާގައި އުޅެފައެވެ. އޭގެ ފަހުން މިދިޔަ އާދިއްތަ ދުވަހުގައި ސިއްކަ ވަނީ ރާއްޖެ އައިސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button