ރިޕޯޓްދުނިޔެ

ހިންދޫ ދީން، އިންޑިއާއިން ބޭރުގައި އުފެދިދާނެކަމުގެ ބިރު

 

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށާއި އެގައުމުގެ ގާނޫނު އަސާސީގައި ސެކިއުލަރިޒަމް ހިމަނާފައިވާއިރު، ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރުން ގެންގުޅުއްވަނީ ހިންދޫވަންތަކަން ކިޔާ ފިކުރެއްކަމަށް ”ޔޫރޮޕިއަން އައި އޮން ރެޑިކަލައިޒޭޝަން“ ގައި ވާ ރިޕޯޓަކުން ބުނެފިއެވެ. ބީޖޭޕީ ޕާޓީ ގުޅިފައިވަނީ ޕެރަމިލިޓަރީ ރާޝްޓްރިއާ ސްވައިމްސެވަކް ސަންގް (އާރްއެސްއެސް) އާއި ބަޖްރަންގް ދާލް އަދި ވިޝްވާ ހިންދޫ ޕަރިޝަދު ފަދަ ޖަމާއަތްތަކާ އެވެ.

ގުދުރަތީ ކާރިސާތަކަށް ފަހު އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކުގެ ތެރޭގައި އާރްއެސްއެސް ހިމެނުނު ނަމަވެސް އެ ޖަމާއަތުގެ ހަނގުރާމަވެރިން ދީނީ މައިނޯރިޓީތަކާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކާއި، ލިޔުންތެރިންނާއި ފަންނާނުންގެ އަގު ވައްޓާލުން ފަދަ ކަންތައްތައްވެސް ކޮށްފާނެކަމަށްވެއެވެ. މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެ އިތުރުން އިންޑިއާ ސަރުކާރުގެ ގިނަ އިސް ވެރިންނަކީ އާރްއެސްއެސްގެ ބައިވެރިން ކަމަށް މައުލޫމާތު ލިބެއެވެ.

މުސްލިމުންނާއި ކްރިސްޓިއަނުންނާއި ސިކުންނަށް ހިންދުވަތުގެ ހަމަލާތައް މީގެ ކުރިންވެސް އެކި ވަރަށް ލިބިފައިވެއެވެ. މިސާލަކަށް 2002 ވަނަ އަހަރު ގުޖުރާތުގައި ހިންދޫ ނޭޝަނަލިސްޓުން ގޮވައިގެން ދަތުރުކުރި ރޭލެއްގައި މުސްލިމުންގެ ބަޔަކު އަލިފާން ރޯކޮށް، 58 މީހުން މަރާލި ކަމުގެ ތުހުމަތުގައި ދެހާހެއްހާ މުސްލިމުން މަރާލުން ފަދަ ބިރުވެރި ހާދިސާތައް ހިމެނެއެވެ. ހަމަ އެއާއެކު ކްރިސްޓިއަނުންނާ ދެކޮޅަށްވެސް ދޭ ހަމަލާތައް ދަނީ ފުޅާވެ، އިތުރުވަމުންނެވެ.

ހިންދޫދީނާއި ހިންދޫދީނާ ވެސް ހިންދޫ ފިކުރު ވަކިކުރެވިދާނެއެވެ. އެއީ ތިއޮކްރެޓިކް ދައުލަތެއް ވެސް އަދި ހިންދޫ ދީނަކީ ވެސް ދައުލަތުގެ ”ދީނެއް“ ގެ ގޮތުގައި ޑިމާންޑް ކުރާ ކަމެއް ނޫނެވެ. މިއީ ހުޅަނގުގައި ބޭނުންކުރާ ހަރުކަށި ދީނީ މާނައިގައި ”ދީނީ“ ކަމުގެ ބަދަލުގައި ހިންގާ ގައުމީ ސަގާފީ ޕްރޮޖެކްޓެކެވެ. ސަންގް ޕްރީވާރްގެ ހަނގުރާމަވެރިން ބުނަމުން ދަނީ، މުސްލިމުންނާއި ސެކިއުލަރިސްޓުން ހިމެނޭ ގޮތަށް، ދީނީ މައިނޯރިޓީންނަށް ހިންދުވަތަށް ތާއީދު ކުރެވިދާނެ ކަމަށެވެ. އެހެން ނޫން ނަމަ އެމީހުން ދަނީ ގައުމަށް ޚިޔާނާތްތެރިވަމުން ކަމަށްވެސް އެ ހަނގުރާމަވެރިން ބުނެއެވެ.

ވަކިން ހާއްސަކޮށް ބޮޑުވަޒީރު މޯދީގެ ވެރިކަމުގައި 2014 ވަނަ އަހަރު ބީޖޭޕީ ވެރިކަމަށް އައި ފަހުން، ހިންދުވަތު ސިޔާސީ މައިދާނުގައި ހިނގަމުން ދެއެވެ. މީގެ ސަބަބުން އާބާދީ އަށް އަންނަ ބަދަލުތަކާއި، އިންޓަފެއިތު ކައިވެންޏާއި ގަވައިދާ ހިލާފަށް މުސްލިމުން ހިޖުރަކުރުމުގެ ސަބަބުން އިންޑިއާގެ ހިންދޫންނަށް މުސްލިމުންގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިކަމުގެ ސަބަބުން ރަށްވެހިކަމާއި ކައިވެންޏާ ގުޅޭ ތަފާތުކުރުމުގެ ގާނޫނުތައްވެސް ދަނީ އުފައްދަމުންނެވެ.

ހިންދުވަތުގެ ސަބަބުން ކުރާނެ އަސަރު އިންޑިއާގެ ބޯޑަރުތަކާ ހަމައިން ނިމުމަކަށް ނާންނާނެ އެވެ. އިންޑިއާގެ ސައްހަ މެޕެއްގައި ނޭޕާލް، ބޫޓާން، އަފްޣާނިސްތާން، ޕާކިސްތާން އަދި ބަންގްލަދޭޝް ހިމަނަން ޖެހޭ ކަމަށް ބައެއް ހިންދޫ ނޭޝަނަލިސްޓުން ގަބޫލުކުރެއެވެ. އެކަން ދައްކުވައިދޭ ގޮތަށް އިންޑިއާގެ ޓެކްސްޓްފޮތްތައް އަލުން ލިޔުމަށްވެސް އެމީހުން ވަނީ ކެމްޕެއިންކޮށްފަ އެވެ. މި ވިސްނުން އިތުރުވެ، މުސްތަގުބަލުގައި ފުޅާކުރުމުގެ ޚާރިޖީ ސިޔާސަތެއް އުފެދިއްޖެ ނަމަ، ޕާކިސްތާނާއި ޗައިނާ ފަދަ އެހެން އަވަށްޓެރި ގައުމުތަކާ އަނެއްކާވެސް އިންޑިއާ ކުރިމަތިލުމުގެ ފުރުސަތު ބޮޑެވެ.

ހިންދުވަތު ފެތުރުން: މިފަހަކަށް އައިސް، ހިންދުވަތުގެ ލަނޑުދަނޑިތަކަށް ތާއީދުކޮށް، ދުނިޔޭގެ އެންމެ ބޮޑު ޑައިސްޕޯރާ ކަމުގައިވާ އިންޑިޔާގެ އެމިގްރޭސް މޮބިލައިޒް ކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައިވެއެވެ. އިނގިރޭސި ޝާހީ ތާރީޚުގެ ސަބަބުން އިނގިރޭސި ބަހުން ވާހަކަ ދައްކަން ދުނިޔޭގައި ގިނަ މަސައްކަތްތަކެއް ކުރެވެއެވެ. އިންޑިއާއިން ބޭރުގައި ދިރިއުޅޭ އިންޑިއާ މީހުންނަށް ވޯޓު ނުލެވުނު ނަމަވެސް އިންޑިއާއާ ވަރުގަދަ ގުޅުމެއް ދަމަހައްޓައި، ގިނަ ފަހަރަށް ނުފޫޒު ފޯރުވޭނެ ބާރު އެމީހުންނަށް އޮވެއެވެ. އެހެން ޑައިސްޕޯރާތަކެކޭ އެއްފަދައިން، މިއިން ގިނަ ގުޅުންތަކަކީ ވެސް މައި ގައުމާއި އާއިލާއާ ދެމެދު ހިފެހެއްޓިފައިވާ ގުޅުންތަކެކެވެ. ނަމަވެސް ބީޖޭޕީގެ ތާއީދު ދުނިޔޭގެ ފެންވަރުގައި އިތުރުވެ، ގިނަ ފަހަރަށް ސޯޝަލް މީޑިއާ ގެ ޒަރިއްޔާއިން ހަރުކަށި ފިކުރުގެ ޖަމާއަތްތައް އުފެދި ފުޅާވަމުންދެއެވެ.

ދޮގު މައުލޫމާތު ދިނުމުގެ ކެމްޕޭންތައް ޓްރެކްކުރާ ޖަމިއްޔާއެއް ކަމަށްވާ އީޔޫ ޑިސްއިންފޯލެބް އިން 2019 ވަނަ އަހަރު ވަނީ މޯދީއަށް ތާއީދުކުރާ، ހިންދުވަތު އަދި ޕާކިސްތާނާ ދެކޮޅު ދޮގު މައުލޫމާތު ފެތުރުމަށް ފޭކް ލޯކަލް ނިއުސް ސައިޓްތަކުގެ ބޮޑު ނެޓްވޯކެއް ގާއިމުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. މީގެ ތެރެއިން 65 ގައުމެއްގައި ހުރި މި ސައިޓްތަކުގެ ތެރެއިން 265 ސައިޓް ރަޖިސްޓްރީކޮށްފައި ވަނީ އެންމެ އެންޓިޓީއެއް ކަމަށްވާ ދިއްލީގެ ސްރީވާސްތާވް ގްރޫޕަށެވެ.

ބީޖޭޕީއަށް ދުނިޔޭގެ އެހެން ހިސާބުތަކުން ދޭ ފައިސާ އަކީ ދެފުށް ފެންނަ ފައިސާއެއް ނަމަވެސް އެއީ އެކަށީގެންވާ ވަރުގެ އަދަދެކެވެ. އޯވަސީސް ފްރެންޑްސް އޮފް ދަ ބީޖޭޕީ (އޯއެފްބީޖޭޕީ) އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 46 ބްރާންޗާއި، ސިޔާސީ ގޮތުން ބޮޑެތި ބާރުތަކާއި، ބޮޑެތި ފަންޑުތަކެއް ހަދާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެމެރިކާގެ އެންމެ މުއްސަނދި ނަސްލަކީ އިންޑިއާ މީހުން ކަމަށާއި މެރިލް ލިންޗް މިލިއަނަރުންގެ ގޮތުގައި ދެ ލައްކައަށްވުރެ ގިނަ އިންޑިއަން-އެމެރިކާ މީހުން އުޅޭކަމަށްވެސް މައުލޫމާތު ލިބެއެވެ.

2020 ވަނަ އަހަރު އޯއެފްބީޖޭޕީން އެމެރިކާގައި ރަޖިސްޓްރީވާން ޖެހެނީ ބޭރުގެ އެޖެންޓެއްގެ ގޮތުގަ އެވެ. އިންޑިއާގެ ޗެރިޓީ އެއް ކަމަށްވާ ސޭވާ އިންޓަނޭޝަނަލް އަކީ އާރްއެސްއެސްގެ މުއްސަނދި ޖަމާއަތަކަށްވާއިރު، އިނގިރޭސިވިލާތުގެ ޗެރިޓީ ކޮމިޝަނުން ވަނީ އެ ޖަމާއަތަށް ދެ މިލިއަން ޕައުންޑު ”ބިންހެލުމުގެ ރިލީފް“ ގެ ގޮތުގައި ގިންތިކޮށްފައެވެ. އޭރުގެ ފިނޭންސް އެންޑް ކޯޕަރޭޓް އެފެއާޒް މިނިސްޓަރު އަރޫން ޖެޓްލީ 2017 ވަނަ އަހަރު ތައާރަފުކުރި ގާނޫނުތަކުގައި ”ބޭރުގެ ފަރާތްތަކުގެ“ ހަދިޔާއަކީ ”ނޭނގޭ ވަސީލަތްތަކެއް“ ގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. ބީޖޭޕީގެ 2019 ވަނަ އަހަރުގެ ކެމްޕެއިން ޚަޒާނާގެ 50 އިންސައްތަ އަކީ މިފަދަ ”ނޭނގޭ ވަސީލަތްތަކުން“ ލިބުނު ޚަޒާނާއެކެވެ. 2018 ވަނަ އަހަރު ވޯލްޑް ބޭންކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާއަށް 80 ބިލިއަން ޑޮލަރު ފޮނުވާފައިވަނީ އެގައުމުގެ ޑައިސްޕޯރާއިންނެވެ.

އެމެރިކާ: ފަންޑުކުރުމުގެ އިތުރުން އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި، ހާއްސަކޮށް ރިޕަބްލިކަން ހިންދޫ ކޯލިޝަނާ އެކު ހިންދޫންނާ ގުޅުން ހުރި ޖަމާއަތްތައް ހަރަކާތްތެރިވަމުން ދިޔަ އެވެ. އަދި ހިންދޫ ޖަމާޢަތްތަކަކީ، ކްރިސްޓިއަން، ޔަހޫދީ، މުސްލިމް، ނުވަތަ އެނޫންވެސް ޖަމާޢަތްތަކެއް ފަދައިން، ސިޔާސީ ގޮތުން އެމީހުންގެ ޚިޔާލާއި މަސްލަހަތު ކުރިއެރުވުމަށް މިނިވަން ޖަމާޢަތްތަކެއް ކަމަށާއި، އޭގެ ތެރެއިން ގިނަ ކަންތައްތަކަކީ ހަމައެކަނި އިންޓްރެސްޓް-ގްރޫޕް ޕޮލިޓިކްސް ކަމަށެވެ. ނަމަވެސް އެއަށްވުރެ އަނދިރި ރާޅުތަކުގެ ނިޝާންތައް ފެންނަން އެބަހުއްޓެވެ.

2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނިއު ޖާޒީގައި ބޭއްވި، އިންޑިއާ ޑޭ ގެ ދެ ޕެރޭޑަކަށް މޯދީ އާއި ހިންދޫ މޮންކް އަދި ބީޖޭޕީގެ އޮފިޝަލެއް ކަމަށްވާ ޔޯގީ އާދިތުޔަނާތުގެ މޫނު ޖަހާފައިވާ ބުލްޑޯޒަރުތަކެއް ގެނައުމުން، އިންޑިއަން ބިޒްނަސް އެސޯސިއޭޝަނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ގަވައިދާ ހިލާފަށް ހަދާފައިވާ އިމާރާތްތަކެއްގެ ގޮތުގައި ހިފަހައްޓާފައިވާ މުސްލިމް އެކްޓިވިސްޓުންގެ ގެތައް ތަޅާލުމަށް ބުލްޑޯޒަރުތައް ބޭނުންކޮށްފައިވާތީ، އިންޑިއާގައި މުސްލިމުންނާ ދެކޮޅު ހަރަކާތްތަކުގެ ރަމްޒަކަށް އެކަންވަނީ ވެފަ އެވެ. ހިންދުސްތާގެ އެކްޓިވިސްޓުން ވަނީ މި ތަޅާލުމުގެ ”ބުލްޑޯޒަރު ބާބާ“ ގެ ގޮތުގައި އާދިތުޔާނާތު ފާހަގަކޮށްފަ އެވެ.

އިންޑިޔާއާ ބެހޭ ގޮތުން ހިންދޫވާ ލިޔުންތެރިން ކުރާ މަސައްކަތްތަކާއި ތަފާތު އިލްމުވެރިންނަށް އަމާޒުކޮށް ޔުނިވާސިޓީ ކެމްޕަސްތަކުގައި ތައުލީމީ މިނިވަންކަން ގެއްލުވާލަން މަސައްކަތް ކުރާ ކަމަށް ބައެއް ޖަމާއަތްތަކުން ތުހުމަތު ކުރެ އެވެ. 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިންދޫއްތާއާ ބެހޭ ގޮތުން އެމެރިކާގެ އިލްމީ ކޮންފަރެންސެއް، އިންތިޒާމުކުރި ފަރާތްތަކަށް ވަނީ ރޭޕް ކުރުމާއި މަރުގެ އިންޒާރުތައް ދީފަ އެވެ.

2021 ވަނަ އަހަރުގެ މާޗް މަހަށްފަހު ނިއު ޖާޒީގެ ރަޓްގަރސް ޔުނިވަރސިޓީގެ ސައުތު އޭޝިއަން ހިސްޓްރީގެ ޕްރޮފެސަރެއް ކަމުގައިވާ، އޮޑްރީ ޓްރޫޝްކޭ އިންޑިޔާގެ ޤައުމިއްޔަތާ ބެހޭ ގޮތުން ދިރާސާކުރަން ފެށުމުން އެކަމަނާއަށް ބަހުގެ ގިނަ ހަމަލާތަކެއް ވަނީ އަމާޒުކޮށްފައެވެ. އޭގެ ކުރިން ވެސް ނަފްރަތުގެ މެއިލް ލިބުނު ނަމަވެސް ފަހުން އެ ދެއްކި ބިރުތައްހާ ސީރިއަސްއެއް ނޫނެވެ. އެ ދިރާސާއާ ގުޅިގެން އެކަމަނާއަށާއި އެކަމަނާގެ ޢާއިލާއަށް ބިރުދެއްކެވި ކަމަށާއި، އެތައް އިންޒާރުތަކެއް ދީފައިވާތީ އެކަމަނާގެ ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފައެވެ.

އިނގިރޭސިވިލާތް: އިނގިރޭސިވިލާތުގައި 2016 ވަނަ އަހަރު ބޭއްވި ލަންޑަންގެ މޭޔަރުކަމުގެ އިންތިޚާބާ ދިމާކޮށް ކޮންޒަވޭޓިވް ކެނޑިޑޭޓް ޒެކް ގޯލްޑްސްމިތު ވަނީ މުސްލިމުންނާ ދެކޮޅު ކެމްޕޭން ލިޔުންތަކެއް ހިންދޫންނަށް ފޮނުއްވައި، އޭނާގެ މުސްލިމް ލޭބާ ޕާޓީގެ ވާދަވެރިޔާ ސާދިކް ޚާން ނިކަމެތިކުރައްވާފައެވެ.

2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި އިނގިރޭސި ހިންދޫންނަށް ވަޓްސްއެޕްގެ ގިނަ މެސެޖުތަކެއް ލިބިފައިވާއިރު އޭގެ ތެރޭގައި މުސްލިމުންނާ ދެކޮޅު ހިންދޫ އެކްޓިވިސްޓުންގެ ވީޑިއޯތައް ވެސް ހިމެނެއެވެ. ކޮންޒަވޭޓިވް ކެނޑިޑޭޓުންނަށް ހިންދޫ ނޭޝަނަލިސްޓް ޖަމާއަތްތަކުން އަމަލީ ގޮތުން ކެމްޕެއިން ކުރި ކަމުގެ އަޑުތައް ފެތުރިފައި ވަނީ 2019 ވަނަ އަހަރު އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި މޯދީ ސަރުކާރުން ހިންގި ހަރުކަށި ފިޔަވަޅުތަކަށް ލޭބާ ޕާޓީގެ އޭރުގެ ލީޑަރު ޖެރެމީ ކޯބިން ފާޑު ވިދާޅުވުމުން ކަމަށް ވެދާނެ އެވެ. އޭގެ ތެރެއިން ގިނަ ޖަމާއަތްތަކަކީ ބީޖޭޕީއާ ގުޅިފައިވާ ޖަމާއަތްތަކެއް ކަމަށާއި އެހެންކަމުން އެ ޖަމާއަތްތަކުގެ އަމަލުތަކަކީ ބޭރުގެ އިންތިހާބަކަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތްތަކަކަށް ވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަދި 2022 ވަނަ އަހަރު ވެސް އިންޓަކޮމިއުނަލް ހަމަނުޖެހުންތައް ހިނގާފައިވެއެވެ. މިދިޔަ މެއި މަހު ލެސްޓާގައި ހިންދޫންގެ ބަޔަކު ދިން ހަމަލާއަކާ ގުޅިގެން މުސްލިމް ކުއްޖަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނެވެ. އެހިސާބުން ބައެއް އިތުރު ކަންކަންވެސް ފެންމަތިވާން ފަށާފައިވެއެވެ. އޭގެ ތެރޭގައި ކްރިކެޓް މެޗެއްގައި، ޕާކިސްތާން އަތުން އިންޑިއާ މޮޅުވި މެޗަށް ފަހު ހިންދޫ ގްރޫޕަކުން މުސްލިމް ސަރަހައްދުތަކުގެ މަގުތަކުގައި ހިނގާފައި ދިޔައީ ”ޕާކިސްތާނަށް މަރު“ އޭ ކިޔަމުންނެވެ. އަދި އެ ހަރަކާތުގައި ފިރިހެނަކަށް ހަމަލާވެސް ދީފައިވެއެވެ. އިންޑިއާ ބަލިވި ފަހުން ދެ ގައުމުގެ މެދުގައި ކުޅުނު ކްރިކެޓް މެޗަށް ފަހު ވެސް މިފަދަ ހާދިސާތައް ހިނގާފައިވެ އެވެ. އޭގެ ރައްދުގައި މުސްލިމް ފިރިހެނުންގެ ގްރޫޕްތަކުން ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. މިގޮތުން އެއް ފަހަރު ހިންދޫ ދީނީ މަރުކަޒެއްގެ ބޭރުގައި ހުރި ދިދައެއްވެސް ވައްޓާލާފައިވެއެވެ.

ސެޕްޓެމްބަރު 17، 2022 ގައި ލެސްޓާގެ މަގުތަކުގައި ”ޖައި ސްރީ ރާމް“ ގޮވަމުން ދަނިކޮށް ހިންދޫންގެ ބައެއް ޒުވާނުން ވަނީ މުސްލިމުންނަށް ހަމަލާ ދީފަ އެވެ. ޔަގީނުން ވެސް އިނގިރޭސިވިލާތުގައި ފުޓްބޯޅަ މެޗުތަކަށް ފަހު ހަމަނުޖެހުން ހިންގުމަކީ އާ ކަމެއް ވެސް އަދި މަދުން ނޫނީ ނުފެންނަ ކަމެއް ވެސް ނޫނެވެ. ނަމަވެސް ކްރިކެޓް ކުޅިވަރުތަކަށްފަހު ހިނގާ ހަމަނުޖެހުންތަކަކީ، އުފާފާޅުކުރުންތަކާ ތަފާތު، ޚާއްޞަކޮށް ޤައުމީ، ނަސްލީ އަދި ދީނީ ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ހަމަނުޖެހުންތަކެކެވެ. މިއީ ނުރައްކާތެރި ކުރިއެރުމެއްކަމަށް ފާހަގަކުރެވެއެވެ.

ކޮމަންވެލްތުގެ ޤައުމުތައް: ކެނެޑާގައި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސިކް ސްކޫލެއްގައި ވަނީ ސިކުންނާއި ދެކޮޅު ޝުއޫރުތަކާއި ހިންދޫ ސްވަސްޓިކާއެއް ގްރެފިޓީގެ ގޮތުގައި ކުލަޖައްސާފަ އެވެ. އެމެރިކާފަދައިން ކެނެޑާގެ ޢިލްމުވެރިންނަށްވެސް މޯދީ ސަރުކާރަށް ފާޑުކިޔުމުގެ ސަބަބުން ޑައިސްޕޯރާ ހިންދުސްތާގެ ސަޕޯޓަރުންގެ ފަރާތުން ވަނީ އަނިޔާކޮށް، މަރުގެ އިންޒާރުތަކާއި ރޭޕްގެ އިންޒާރުތައް ދީފައެވެ. 2022 ވަނަ އަހަރުގެ ޖޫން މަހު ކެނެޑާގެ ހިންދޫ ނޭޝަނަލިސްޓެއް ކަމަށްވާ ރޮން ބެނަރޖީ ވަނީ މުސްލިމުންނާއި ސިކުންގެ ޖަރީމާތައް ހިންގުމަށް ފާޅުގައި ގޮވާލާފައެވެ. ޔޫޓިއުބަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މޯދީ ކުރައްވާ މަސައްކަތަކީ ވަރަށް މޮޅު ކަމެއް ކަމަށެވެ. ”ރިޕަބްލިކް އޮފް އިންޑިއާގައި މުސްލިމުންނާއި ސިކް މީހުން މެރުމަށް ތާއީދު ކުރަނީ އެމީހުން މަރުވާން ހައްގުވާތީ.“ ކަމަށް އޭނާ ބުނެފައިވެއެވެ.

އޮސްޓްރޭލިއާގައި ވިޝާލް ސޫދު ކިޔާ މީހަކު ސިކުންނަށް އަމާޒުކޮށް ދިން ސިލްސިލާ ހަމަލާތަކުގެ ތުހުމަތުގަޔާއި މާރާމާރީތަކުގެ ކުށް ސާބިތުވުމުން ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާގެ ވިސާގެ މުއްދަތު ހަމަވެފައިވާތީ އޭނާ ޑީޕޯޓްކޮށްލުމުން އެނބުރި އިންޑިއާއަށް ދިއުމުން އޭނާއަށް ވަނީ ހީރޯއެއްގެ މަރުހަބާ ކިޔާފައެވެ.

އެހެން ގައުމުތަކެކޭ އެއްފަދައިން އޮސްޓްރޭލިއާގައިވެސް ހިންދުސްތާއަށް ފާޑުކިޔާ އިލްމުވެރިން ހިމޭންކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި މޯދީ އާއި ހިންދޫ ނޭޝަނަލިސްޓް ސިޔާސަތުތަކަށް ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލުމަށް އޮސްޓްރޭލިއާގައި ތިބި އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އެޅި ފިޔަވަޅުތައް ހިމެނެ އެވެ. އޭގެތެރޭގައި، އިންޑިއާ ހައިކޮމިޝަނުގެ ނުފޫޒު ފޯރުވާފައިގެން ޔުނިވާސިޓީ އޮފް މެލްބަންގެ އޮސްޓްރޭލިއާ-އިންޑިއާ އިންސްޓިޓިއުޓުން 13 އެކަޑެމިކް ފެލޯއިން އިސްތިއުފާދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިއުޒިލޭންޑްގައި މަސޭ ޔުނިވާސިޓީގެ ޕްރޮފެސަރެއް އަދި ހިންދޫ ރައްޔިތެއް ކަމަށްވާ މޯހަން ދައްތާ އެގައުމުގައި ހިންދޫ ގައުމިއްޔަތު އުފެދިދާނެ ކަމުގެ ބިރު ވެރިކަން ފާޅުކުރުމުން އޭނާގެ ކަންބޮޑުވުންތަކަށް، ނިއުޒީލެންޑް ހިންދޫ ކައުންސިލުން ވަނީ ފުރައްސާރަކޮށްފަ އެވެ. ”އިންޑިއާގައި ހުރިނަމަ އަންދާލާނެ“ ކަމަށް ބުނުމާއި، ހިންދުވަތުގެ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. ދައްތާ މިކަމާ ބެހޭ ގޮތުން ފުލުހުންނަށް ހުށަހެޅި ނަމަވެސް އެންމެ ނުރައްކާތެރި އަނިޔާ ހަގީގަތުގައި އުފެދުނީ އިންޑިއާއިން ކަމަށްވާތީ، އެމީހުންނަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް ހިންދުވަތުގެ ބޭރުގެ ނުފޫޒު އޮތީ ވަރަށް ކުޑަކޮށެވެ. އާންމުގޮތެއްގައި މިކަން ހާމަވެގެންދަނީ ޑައިސްޕޯރާ ޤައުމުތަކުގައި ސިޔާސީ ނުފޫޒު ފޯރުވައި، މާލީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އިންޑިޔާގައި ހިންދުވަތުގެ ޙަރަކާތްތަކަށް ތާއީދު ހޯދުމުންނެވެ. ނަމަވެސް ސަންގް ޕްރީވާރް އެޖެންޑާއަށް ފާޑުކިޔާ އިލްމުވެރިންނަށާއި އެހެނިހެން ފަރާތްތަކަށް ނުރައްކާތައް ދަނީ އިތުރުވަމުންނެވެ. އެންމެ ފަހުން ފާއިތުވި ދެ އަހަރުގެ ތެރޭގައި މާރާމާރީގެ ހާދިސާތައްވެސް ވަނީ އިތުރުވެފައެވެ. އެހެންކަމުން، މިއަށްވުރެ ހާލަތު އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button