ޚަބަރުކުޅިވަރު

އެމްބާޕޭ އާއި ޓްރާންސް މޮޑެލް ރާއުއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑު ގަދަވެއްޖެ

ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކަމުގައިވާ، އެމްބާޕޭ ޕީއެސްޖީގެ ތަރި އަދި ޓްރާންސް މޮޑެލް ރާއުއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރިއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން ނަމ،ަ އެމްބާޕޭ ވަނީ އެމާ ސްމެޓާ އެކު އޮތް ގުޅުން ނިމުމަކަށް ގެނައުމަށް ފަހު، އުމުރުން 16 އަހަރުގައި ޖެންޑާ ރީއެސައިންމަންޓް ސާޖަރީ ހެދި ޕްލޭބޯއީ މޮޑެލް އިންސް އާ ލޯބީގެ ގޮތުން ގުޅިފައެވެ. އެމްބާޕޭގެ ލޯބިވެރިޔާ މަޝްހޫރު ޕްލޭބޯއީ މޮޑެލްއަކަށް ވީ 2017 ވަނަ އަހަރު ޕްލޭބޯއީ މަޖައްލާގެ ކަވަރުން ފެނުނު ފުރަތަމަ ޓްރާންސްޖެންޑާ މީހާގެ ގޮތުގަ އެވެ. އެމްބާޕޭ އާއި އިނެސްގެ ގުޅުމާ ބެހޭ ގޮތުން ހަލުވިކަމާއެކު ވާހަކަތައް ފެތުރެމުން ދިޔަ ނަމަވެސް، ޕީއެސްޖީގެ ތަރި އަދި އިނެސް ވެސް އެ ރިޕޯޓްތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މަޝްހޫރު މޮޑެލް އިނެސް ރާއުއާ ކިލިއަން އެމްބާޕޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް މަހެއް ވެފައިވާ ކަމަށް އިޓަލީގެ ނޫސް ”ކޮރިއޭ ޑެލޯ ސްޕޯޓްސް“ އިން ބުނެފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމްބާޕޭ އާއި ރައު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް މަހެއް ވެފައިވާއިރު، އެންމެ ފުރަތަމަ އެކުގައި ފެނުނީ މި އަހަރުގެ މެއި މަހު ބޭއްވި ކާންސް ފިލްމް ފެސްޓިވަލްގަ އެވެ.

އޭގެ ފަހުން މި ދެތަރިން ޔޮޓެއްގައި ފެނިގެން ދިޔައިރު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ސުޕަސްޓާ ވަނީ އެކުގައި ރޮމޭންޓިކް މަންޒަރެއް ހިއްސާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 16 އަހަރުގައި ރައު ވަނީ ޖެންޑާ ކޮންފަމޭޝަން ސާޖަރީއެއް ހަދާފައި ވީ ނަމަވެސް އުމުރުން 24 އަހަރާ ހަމައަށް އޭނާގެ ޖިންސު ވަނީ ސިއްރުކޮށްފަ އެވެ. ރާއު އަކީ ޕްލޭބޯއީ މަޖައްލާގެ ނޮވެމްބަރު މަހުގެ އަދަދުގެ ”ޕްލޭމޭޓް އޮފް ދަ މަންތް“ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button