ޚަބަރު

ކްލައިމެޓް ސަމިޓުގައި ރައީސް ނަޝީދު ތަގުރީރު ކުރައްވާނެ!

”ފަރސްޓް ކްލައިމެޓް ވަލްނަރަބަލް ފައިނޭންސް ސަމިޓު”ގައި ކުރީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވަން ނިންމަވާފިއެވެ. މިއީ ބަންގްޅަދޭޝް ސަރުކާރުން އިންތިޒާމްކޮށްގެން، 8 ޖުލައިގައި ވާޗުއަލްކޮށް ބާއްވަން ހަމަޖެހިފައިވާ ސަމިޓެކެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ޗެއަރ ކުރައްވާ މި ސަމިޓަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނިޒާމީގޮތެއްގައި އެންމެ ލޮޅުން އެރުން ބޮޑު އިގްތިސާދުތަކުގެ މެދުގައި ބޭއްވޭ ސަމިޓެކެވެ. އަދި މިއީ މިފަދަ ގޮތަކަށް ބޭއްވޭ ފުރަތަމަ ސަމިޓެވެ. މިބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަދައްކަވާނީ ކޯ-ޗެއަރ އެއްގެ ހައިސިއްޔަތުންނެވެ.

މި ސަމިޓުގެ މައިގަނޑު މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ދުނިޔޭގެ ފެންވަރުގެ ބައްދަލުވުން، ކޮޕް26 ގެ ކުރިން މޫސުމަށް އަންނަ ބަދަލުތަކުން އެންމެ ބޮޑު ލޮޅުން އަރާނެ ގައުމުތައް ކޮޕް26ގައި އެންމެ ބާރު އަޅާންވީ ހަމަތަކާއި، ސިޔާސަތުތަކާއި، ހިޔާލުތަކުގެ މަޝްވަރާ ބަދަލުކުރުމެވެ.

ރައީސް ނަޝީދު ފާހަގަވެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން، ވަކާލާތު ކުރުމުގައި ދުނިޔޭގެ ސަމާލުކަން ހޯއްދެވި ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްތަކުގައިވެސް މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވެސް މަސައްކަތްތައް ވަނީ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button