ޚަބަރު

ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރާ ކެރޭން ކަނޑަށް ވެއްޓިއްޖެ

އިންޑިއާގެ އެފްކޯންސް ކުންފުނިން ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންކުރަމުން އަންނަ ކުރޭނެއް ކަނޑަށް ވެއްޓިއްޖެއެވެ.

މި މަސައްކަތް ކުރުމަށް އެ ކުންފުނިން ގާއިމްކޮށްފައިވާ ޕްލެޓްފޯމުގައި ހަރުކޮށްފައިހުރި ކެރޭނެއް ވެއްޓުނުކަން އަދި ވެއްޓެން ދިމާވީ ކީއްވެގެންކަން އެ ކުންފުނިން ވަނީ ސިއްރުކޮށްފައެވެ.

ނަމަވެސް, ފޮޓޯއިން އެ ކެރޭނު ވެއްޓިފައިވާކަން ފެނެއެވެ. މި ފޮޓޯއިން ފެންނަގޮތުގައި އެ ކެރޭނު ހަރުކޮށްފައިހުރި ޕްލެޓްފޯމުވެސް އަރިއަޅާލާ އަޑިއަށް ހިފާފައިވެއެވެ. މި މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި އެ ކެރޭނު ވެއްޓިފައިވަނީ ކަނޑަށެވެ. ވިލިމާލެ ފަރަކަށް ނޫނެވެ.

މިހާތަނަށް މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބެއް އެ ކުންފުނިން ހިއްސާކޮށްފައިނުވެއެވެ. ލަފާކުރެވޭ ގޮތުގައި މި ހާދިސާ ދިމާވެފައިވަނީ ޕްލެޓުފޯމުގައި ހަރުކުރަން ބޭނުންކުރި ވާގަނޑުތައް ނެއްޓި ކެރޭނު ބިނދިގެންކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button