ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހްކުރުމުގެ ނަމުގައި ތައްޔާރު ކުރި ކަރުދާސް އާއްމުކޮށްފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް އިސްލާހު ކުރުމުގެ ނަމުގައި އެކުލަވާލާފައިވާ ކަރުދާހެއް, އެޓާނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުގައި ބުރާސްފަތި ދުވަހު ޝާއިއު ކޮށްފިއެވެ.
މި މަސައްކަތް 2019 ވަނަ އަހަރު ފަށާފައިވާއިރު, މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ, ފުރަތަމަ މަރުހަލާގައި, އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް, ރާއްޖޭގެ ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި, އަދި ފަނޑިޔާރުންގެ ސުލޫކީ ހަމަތަކާއި ގުޅޭ އުސޫލުތަކާއި ފިޔަވަޅުއެޅުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކުރުމަށްޓަކައި, ކޯޓުތަކުގެ ގާނޫނަށާއި, ޖޭއެސްސީގެ ގާނޫނަށާއި, ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތެވެ. އަދި މި ކަރުދާހަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކާއި، ކަމާގުޅޭގޮތުން ޖޭއެސްސީގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާގުޅޭ ބިލުތައް އެކުލަވާލުމުގެ ކުރިން، ފަންނީ މާހިރުންގެ ލަފަޔާއި، ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާއާއި، އާންމުންގެ ހިޔާލާއި އަދި ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ކަރުދާހެއް ކަމަށް ވެސް އޭޖީ އޮފީހުން ވިދާޅުވެފައިވެއެވެ..
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.