ޚަބަރު

މީޑިއާތައް ޖޫރިމަނާ ކުރުމަކީ ސަރުކާރުން ތާއިދު ކުރާ ކަމެއް ނޫން: ރައީސް

މީޑިއާތަކުން ފާޅުކުރާ ހިޔާލުތަކާ ގުޅިގެން ޖޫރިމަނާ ކުރުމަކީ ސަރުކާރުން ތާއިދު ކުރާ ކަމެއް ނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ކުޑަކުދިންނާއި ގުޅޭ ހަބަރުތައް ގެނައުމުގައި އެކުދިންގެ ކަރާމާތަށް އުނިކަމެއް ނާއްނާނެ ގޮތަށް އެކުދިންގެ ހަބަރުތައް ގެނެސް ދިނުމަށް އެދިވަޑައިގެންފައެވެ.

”މީޑިއާތަކުގައި ފާޅުކުރާ ހިޔާލާއި، ޝުއޫރާއި ގުޅިގެން ފިޔަވަޅު އެޅުމަކީ ސަރުކާރުން އަޅުގަނޑުމެން އެއްވެސް ގޮތަކަށް ހިއްވަރު ދޭކަމެއް ނޫން. ތާއީދުކުރާ ކަމެއްވެސް ނޫން. އެހެންނަމަވެސް އަޅުގަނޑުގެ އިލްތިމާސްއަކީ ކުޑަކުދިންނާއި ބެހޭ ވާހަކަތައް ލިޔާއިރު ގާނޫނުގައި ކަނޑައަޅާފައިވާ އިމުގެ ތެރެއިން އެކަންތައްތައް ކުރިޔަށް ގެންދިޔުން.“ ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި ހަބަރު ކަވަރު ކުރި ބައެއް މީޑިއާތަކަށް ޖެންޑާ މިނިސްޓްރީއިން އިންޒާރުދީ ޖޫރިމަނާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button