ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދު މުއްދަތު އިތުރުކޮށްފި

މަޖިލިސް ރައީސް، މުހައްމަދު ނަޝީދުއަށް މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކުރި މުޖާޒް އަހުމަދާއި ތަހުމީން އަހުމަދުގެ އިތުރުން އަދުހަމް އަހުމަދް ރަޝީދުގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފިއެވެ.

އެމީހުންގެ ބަންދަށް 30 ދުވަސް އިތުރުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އަދި މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި އަހުމަދް ފާތިހް ގެ ބަންދަށް ވެސް ވަނީ އިތުރު 15 ދުވަސް ޖަހާފައެވެ.

މީގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި ޖޫން މަހުގެ 11 ވަނަ ދުވަހު ހައްޔަރު ކުރި ނ.މަނަދޫ ނޫރާނީގޭ އަލީ ހައިޝަމްގެ ބަންދަށްވެސް ވަނީ ޖޫން މަހުގެ 27 ވަނަ ދުވަހު 15 ދުވަސް އިތުރުކޮށްފައެވެ..

ނަޝީދުއަށް ދިން ހަމަލާގައި ތުހުމަތު ކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައި މިވަނީ ޖާނު ގޮއްވާލަން މަސައްކަތް ކުރާމީހުން ހައްޔަރު ކުރުމަށް އެމަނިކުފާނު ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button