ޚަބަރު

މާލެ ސަރަހައްދުން ފައްސިވާ އަދަދު ދަށަށް!

ގްރޭޓާ މާލެ ސަރަހައްދުން ކޯވިޑް-19 އަށް އިއްޔެ ފައްސިވެފައިވަނީ އެންމެ 43 މީހުންނެވެ.

ކޯވިޑް-19 ގެ ހާލަތު މާލެ ސަރަހައްދުގައި މަޑުމަޑުން ރަނގަޅުވަމުން އައިކަމުގައި ވީނަމަވެސް ރަށްރަށުގެ ހާލަތު އަންނަނީ ގޯސް ވަމުންނެވެ. އިއްޔެ އެކަނި ވެސް އަތޮޅު ތެރެއިން 125 މީހަކު ވަނީ މިބައްޔަށް ފައްސި ވެފައެވެ. އެއާއި އެކު މި ވަގުތު ކޯވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 3،815 އަށް އަރާފައެވެ.

ރާއްޖެއިން މިހާރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 73،660 އަރާފައެވެ. އަދި މި ބަލީގައި 210 މީހަކު ވަނީ މަރުވެފައެވެ.

މާލެ ސަރަހައްދުގައި ކޯވިޑްގެ ހާލަތު ރަނގަޅުވަމުން އައުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ވއިން ވަނީ ލުއިތަކެއް ދޭން ނިންމާފައެވެ. އެގޮތުން ޖަމާއަތުގައި ނަމާދު ކުރަން ފެށުމާއި ރޭގަނޑު 8 ހަމައަށް ހުއްދަ އަކާއި ބޭރުގައި އުޅެވުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button