ޚަބަރު
ރ އަތޮޅު މީދޫ މޮނިޓަރިން އަށް
ކޯވިޑް-19 އަށް ރ.އަތޮޅު މީދޫން ބަޔަކު ފައްސިވުމާއި ގުޅިގެން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.
މީދޫގެ ހެލްތް ސެންޓަރުން މައުލޫމާތު ދިން ގޮތުގައި ކޮވިޑްގެ އަލާމަތްތަށް ފެނިގެން އެރަށުން ނެގި 4 ސާމްޕަލެއް ކޯވިޑް-19 އަށް ވަނީ ފައްސިވެފައެވެެ. މިކަމާއި ގުޅިގެން އެޗްޕީއޭއިން ވަނީ އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.
ކޯވިޑް-19 އަށް މިހާރު މާލެ އިން ފައްސިވަމުންދާ މީހުންނަށްވުރެ އަތޮޅުތެރެއިން ފައްސިވާ މީހުންގެ އަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ. އަދި މިވަގުތު ރާއްޖޭގެ 50 ރަށަށް ވުރެ ގިނަ ރަށް މޮނިޓަރިންގެ ހާލަތުގައި އެބަ އޮތެވެ.