ޚަބަރު

މުޅި މާލެ ވައިފައި ކުރަނީ

މާލެ ސިޓީގައި ވައިފައި ވިއުގައެއް ގާއިމް ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިކަން އިއުލާނު ކުރައްވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ.މުއިއްޒު ވިދާޅުވީ ރާއްޖޭގެ މުއާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ދެ ކުންފުނި ކަމުގައިވާ ދިރާގާއި އުރީދޫ އާއިއެކު މަޝްވަރާތަށް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި މަޝްރޫއާއި ގުޅޭ ހުށައެޅުންތަށް އެ ދެކުންފުނިން ލިބިގެން ދާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުއިއްޒު އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލްގެ އަމާޒަކީ މުޅިމާލެ ސަރަހައްދު އެއްކޮށް ވައިފައި ކުރުން ކަމަށެވެ.

”ފުރަތަމަ ވައިފައި ކުރަން ފަށާނީ މާލެ. އެއަށްފަހު ވިލިމާލެ ވައިފައި ކުރުމުގެ މަސައްކަތް ފަށާނަން.ހުޅުމާލެ ވައިފައި ކުރުމުގެ މަސައްކަތް ކުރަން ފަށާނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަށް ސިޓީކައުންސިލަށް ބަދަލުވުމުން.“ މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީކައުންސިލުން މުޅި މާލެ ވައިފައި ކުރަން ނިންމާފައިވާ އިރު މި ފެށޭ ޖުލައި މަހުން ފެށިގެން އިންޓަނެޓް އަގުހެޔޮ ކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button