ޚަބަރު

އަނާރާ ޕީއެޗްޑީ ހާސިލުކުރަށްވައިފި

މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި ދީނީ އިލްމުވެރިޔާ އަނާރާ ނައީމް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޕީއެޗްޑީ ހާސިލްކުރައްވައިފި އެވެ.

އަނާރާއަކީ އެ ޔުނިވާރސިޓީއިން ޕީީއެޗްޑީ ނިންމެވި އެންމެ ފުރަތަމަ އަންހެން ދަރިވަރެވެ. އަނާރާ ތީސިސް ލިޔުއްވީ ސިޔާސީ ޝަރުއީ ރޮނގުން ”ޝަރުއީ ސިޔާސަތުގެ އަލީގައި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު“ މައުލޫއަށެވެ. ޕީއެޗްޑީގެ އެންމެފަހު އިމްތިހާނުން އަނާރާ ވަނީ ފާސް ވެފައެވެ. މި ކޯސް އަނާރާ ނިންމެވީ 5 އަހަރު ދުވަހުންނެވެ.

އޮންލައިން ނޫހެއްކަމުގައި ވާ ”މިހާރު“ އަށް މައުލޫމާތު ދެއްވަމުން އަނާރާ ވިދާޅުވީ ގައުމުގެ ސިޔާސަތުތައް ކަނޑައެޅިގެންދާ ގޮތުން އެންމެ އާދައިގެ މީހާއަށް ވެސް އޭގެ އަސަރުކުރާ ކަމަށެވެ. އަދި ހައްގުތަކާއި މިނިވަންކަމުގެ ވާހަކަދައްކާއިރު، ދީނުގައި ވެސް އެ ހުރިހާ މައުލޫމާތުތަކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަތަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނީ ރޮނގުން ޑިގްރީ ހެއްދެވުމަށް ފަހު އޭނާ މާސްޓާސް ނިންމެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީންނެވެ. އަދި ޕީއެޗްޑީ ހެއްދެވުމަށްފަހުގައި ވެސް ސިޔާސީ ދާއިރާގެ ކަންކަމުގައި ބަސް ކިޔައި ގައުމަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button