ޚަބަރުކުޅިވަރު

ބައިނަލްއަވްވާމީ ޓެނިސް މުބާރާތް ”މޯލްޑިވްސް ޓެނިސް ޗެލެންޖް“ މިމަހުގެ 15 ގައި ބާއްވަނީ

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގްވާމީ ޓެނިސް މުބާރާތް ”މޯލްޑިވްސް ޓެނިސް ޗެލެންޖް“ އަންނަ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ޓެނިސް ޗެލެންޖް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނޮވެމްބަރު މަހުގެ 15 އިން 21 ގެ ނިޔަލަށް ޓެނިސްކޯޓުގައެވެ. މި މުބާރާތުގައި ހަ ގައުމަކުން ވާދަކުރާއިރު، ޖުމްލަ 50 ކުޅުންތެރިން މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަހްރެއިން، ތައިލެންޑް، އޮމާން އަދި މެލޭޝިއާއެވެ.

މި ފަހަރުގެ މުބާރާތުގައި ތައިލެންޑުން ވާދަކުރާނީ އެ ގައުމުގެ 14 އަހަރުން ދަށުގެ އެއް ވަނަ އަދި ދެވަނަ ޓެނިސް ކުޅުންތެރިޔާއެވެ. ރާއްޖެއިން މުބާރާތުގެ 12 އަހަރުން ދަށުގެ އިވެންޓުގައި ވާދަކުރާނީ ނަބާ ނިހާނެވެ. އަދި 14 އަހަރުން ދަށުގެ އިވެންޓުގައި ވާދަކުރާނީ އުއްމީދީ ޓެނިސް ތަރި އާރާ އާސާލް އާޒިމެވެ.

މުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވަނީ، 10،800 އެމެރިކާ ޑޮލަރު ނުވަތަ 166،536 ރުފިޔާއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button