ޚަބަރު

ސަރުކާރުގެ ހަރަދުތައް ބޮޑުވެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެއްޖެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހަރަދުތައް ބޮޑުވެ ބޭރުފައިސާގެ ރިޒާވް ވަރަށް ބޮޑުތަނުން ދަށްވެއްޖެއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އޮކްޓޯބަރު މަހުގެ ނިޔަލަށް ބޭރު ފައިސާގެ ޖުމްލަ ރިޒާވްގައި ހުރީ 499.6 މިލިއަން ޑޮލަރެވެ. އެއަދަދުގެ ތެރެއިން ދައުލަތަށް ބޭނުން ކުރެވޭނީ އެންމެ 105 މިލިއަން ޑޮލަރެވެ. އެއީ އެއް މަހުގެ އިމްޕޯޓަށް ބޭނުން ކުރެވޭހާ މަދު ފައިސާ ކޮޅެކެވެ.

ބޭރުފައިސާގެ ރިޒާވް 105 މިލިއަން ޑޮލަރަށް ވެއްޓުމަކީ ކޮވިޑު-19 ބަލިމަޑުކަމުގެ ތެރޭގައިވެސް ރާއްޖޭގެ ރިޒާވް ދަށަށް ނުދާހާ މިންވަރަށް ދައުލަތުގެ ރިޒާވް ދަށްވުމެވެ.

ރާއްޖޭގެ ހަޔާތުގައިވެސް ބޭރުފައިސާގެ ރިޒާވް މިހާބޮޑަށް ދަށްވި މީ ފުރަތަމަ ފަހަރެވެ. މި އަހަރު ފެށުނު އިރު ބޭނުން ކުރެވޭ ބޭރުފައިސާގެ ގޮތުގައި ރިޒާވްގައި 371 މިލިއަން ޑޮލަރު ހުއްޓެވެ. އެކަމަކު ސަރުކާރުން ވިސްނާނުލާ އިސްރާފު ކުރުމުގެ ސަބަބުން ބޭނުން ކުރެވޭ ބޭރުފައިސާގެ ރިޒާވް އައީ ދަށް ވަމުންނެވެ.

ރާއްޖޭގެ ރިޒާވްގެ ހާލަތު ގޯސްވަމުންދާއިރު، ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް ކަމަށްވާ ޖޭޕީ މޯގަން އިންވެސް ވަނީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރިޒާވް ހުސްވެ, ގައުމު ބަނގުރޫޓު ވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button