ބާރުގެ ބޭނުން ކުރަނީ މުޅިންވެސް އަމިއްލަ މަސްލަހަތަށް: ޖަމީލް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން، މުޅިންވެސް ބާރުގެ ބޭނުންކުރަނީ އަމިއްލަ މަސްލަހަތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
ބާރުގެ ބޭނުންކުރަނީ މުޅިންވެސް އަމިއްލަ މަޞްލަޙަތަށް. އެމްޑީޕީން ދަޢުވާކުރި ރައްޔިތުންގެ ޖީބަށް ލުއި ނިޒާމް ކަފުންކޮށްފި. ވަކިމީހަކާ ޖެހުނީމާ ޚަރަދު މުހިންމެއްނޫން. މާދަމާ ޢާންމު މެންބަރަކަށް ކުރީގެ ރައީސަކު ހުންނަވަންޖެހިއްޖެނަމަ ގެކޮޅު ހަމަޖައްސަން ޖެހޭނެ. pic.twitter.com/pqJH1y6hXe
— Mohamed Jameel Ahmed (@MJameelAhmed) June 30, 2021
ޑރ.ޖަމީލް މި ޓްވީޓް ކުރައްވާފައިވަނީ ދައުލަތުގެ ދެބާރުގެ ވެރިންނަށް ގެކޮޅު ހަމަޖެއްސުމަށް ގެނައި އިސްލާހު، ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.
”އެމްޑީޕީން ދައުވާކުރި ރައްޔިތުންގެ ޖީބަށް ލުއި ނިޒާމް ކަފުން ކޮށްފި“. ޖަމީލްގެ ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން ޖަމީލް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރަށް ޚަރަދު މުހިންމު ނުވަނީ ވަކި މީހަކާ ޖެހުނީމައެވެ. އަދި މާދަމާވެސް އެމްޑީޕީގެ ވެރިކަން ކުރެއްވި ބޭފުޅަކު، އާންމު މެމްބަރެއްގެ ގޮތުގައި ހުއްޓަސް ގެކޮޅު ހަމަޖައްސަވަން ސަރުކާރަށް ޖެހޭނެ ކަމަށްބުނެ، ޖަމީލް ވަނީ މަލާމާތުގެ ރާގަކަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.