ޚަބަރުވިޔަފާރި

ރާއްޖެއިން ”އޮން އެރައިވަލް“ ވިސާ ދޫކުރަން ފަށަނީ

ރާއްޖެއިން ”އޮން އެރައިވަލް“ ވިސާ ދޫކުރުމަށް ތައްޔާރުވެފައި ވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމިނިސްޓްރީއިން ކުރި ޓްވީޓެއްގައެވެ.

ޓޫރިޒަމް މިނިސްޓަރީން ކުރި ޓްވީޓުގައި ވާގޮތުން، އޮން އެރައިވަލް ވިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ދެކުނު އޭޝިއާ އިން އަންނަ ފަތުރުވެރިންނަށެވެ. އަދި މި ވިސާ ދޫކުރަން ފަށާނީ މި ފެށޭ ޖުލައި މަހުގެ 15 ވަނަ ދުވަހު ކަމަށްވެސް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ.

ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދޫކުރަން ފެށިކަމުގައި ވީނަމަވެސް، ރާއްޖެ އެތެރެވޭނީ ކޯވިޑް-19 އަށް ނައްސި ޕީސީއާރު ޓެސްޓް ނަތީޖާއަކާއިއެކު ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، އެތައް ބައެއްގެ އާމްދަނީ ބަންދުވެގެން ދިޔައެވެ. އަދި ގައުމުގެ އިގްތިސާދު ހީނަރުވެގެން ދިޔައީ ހީނުކުރާހާ ބާރު ދުވެލީގައެވެ. ނަމަވެސް މިހާރު ފަތުރުވެރިކަމުގެ ސިނާއަތް އަލުން ކޮޅަށް ނެގުމަށް ކުރާ މަސައްކަތުގައި ސަރުކާރުން ދަނީ ނަމޫނާ ދައްކަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button