ޚަބަރުސިޔާސީ

މަޑިސީލަ ޕްރޮގްރާމުގައި ވަކި ކެންޑިޑޭޓުން ޕްރޮމޯޓްކޮށް ކެމްޕެއިން ކުރުން ބަލައެއްނުގަނެވޭ : ޕީޕީއެމް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ވަކި ކެނޑިޑޭޓުންތަކެއް ޗެނަލް 13 ގެ ”މަޑިސީލަ“ ޕްރޮގްރާމުގައި ޕްރޮމޯޓްކޮށް ކެމްޕެއިން ކުރުން ބަލައެއް ނުގަނެވޭ ކަމަށް  ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗެނަލް 13 ގެ މަޑިސީލަ ޕްރޮގްރާމުގައި އެ ކޯލިޝަންގެ ދާއިރާ ތަކުގެ އިންތިޚާބުގައި ވާދަކުރާ ވަކިކެނޑިޑޭޓުންނަށް ތާއީދުކޮށް ވާހަކަ ދެއްކުމަކީ އެ ކޯލިޝަނުންވެސް އަދި އެ ކޯލިޝަންގެ ލީޑަރޝިޕުންވެސް ބަލައިގަންނަ ކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އެ ކޯލިޝަންގެ ވެރިންގެ ތެރެއިން އެއްވެސް ވެރިޔަކު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދައިދިނުމުގެ ގޮތުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު މި އިންތިޚާބުގެ ކެމްޕޭން ކުރުމުގެ ވަގުތު ހުކުރު ދުވަހުގެ ހަވީރު 18:00 އިން ފެށިގެން ވަނީ ބަންދުވެފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާ އިންތިޚާބުގައި ވޯޓު ނަގަން ޖެހޭ ދާއިރާތަކާއި ރަށްރަށުގެ ވޯޓު ނެގުން ކުރިއަށް ގެންދާނީމާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. އެގޮތުން ހަވީރު 4:00 އާއި ހަމައަށް ވޯޓުލުމަށް ކިއޫ އާއި ގުޅޭ މެންބަރުންނަށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button