ޚަބަރުސިޔާސީ

ކެބިނެޓްގައި ތިއްބަވާނީ ތަޢުލީމީ ޤާބިލު މިނިސްޓަރުން: ޑރ.މުއިއްޒު

ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ އެކުލަވާލާ ކެބިނެޓްގައި ތިއްބަވާނީ ރައްޔިތުން ފަަހުރުވެރިވާނެ ތައުލީމީ ގާބިލް މިނިސްޓަރުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރަށް ކެމްޕެއިން ކުރެއްވުމަށް ރާއްޖޭގެ އެކިރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ދިވެހި ގައުމު ދެކެ ލޯބިވާ، ދިވެހި ގައުމު މިނިވަންކަންމަތީ އޮތުމަށް ކެރިގެން މަސައްކަތް ކުރާނެ ޖީލެއް ބިނާ ކުރަށްވާނެ ކަމަށެވެ.

އެމަނިކުފާނުގެ ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ވެސް އައްޔަންކުރައްވާނީ ގާބިލު ބޭފުޅުން ކަމަށާއި މިނިސްޓަރުންނަކީވެސް ކަމަށް ގާބިލު ބޭފުޅުންނަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button