ޚަބަރު

ފުލުހުންނަށް ފިޔަވަޅު އެޅީ ގޯސްކޮށް، އިސްތިއުނާފް ކުރާނަން: ވަކީލުން

މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ އާންމުންގެ މީހަކަށް އަނިޔާކުރި ފުލުހުންނަށް ފިޔަވަޅު އެޅީ ގޯސްކޮށް ކަމަށާއި، އެ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް އެ ފުލުހުންގެ ލީގަލް ޓީމުން ބުނެފިއެވެ.

ލީގަލް ޓީމުގެ ފަރާތުން ވާހަަކަ ދެއްކެވި ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ ފުލުހުންނާއިމެދު ފިޔަވަޅު އެޅި ބޯޑުގައި، އެ މައްސަލައިގެ ތެރޭގައި ނެތް މެމްބަރުން ތިބި ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެ ހާދިސާއަށް ފަހު 10 ފުލުހުން ވެގެން އެރަށު ބައެއްގެ ގައިގައި ބޫޓުން ނުވަތަ ކޮޅުފައިން ތެޅިކަމަށް ބުނާއިރު، އެފަދަ އެއްވެސް އަނިޔާއެއް ލިބައިފާކަން އެމީހުންގެ މެޑިކަލް ރިޕޯޓުން ނުދައްކައެވެ.

”ޝަކުވާ ކުރިތާ 24 ގަޑިއިރު ނުވަނީސް ޑޮކްޓަރަށް ދެއްކިއިރު މެޑިކަލް ރިޕޯޓުގައި އޮތީ އަނިޔާއެއް ފެންނާން ނެތް ކަމުގެ ވާހަކަ. ޖެހިގެން އައި ދުވަހު އަނިޔާކުރި ކަމަށް ބުނާ މީހުންނަށްވެސް އެއްވެސް އަނިޔާއެއް ނުވާކަމަށް ފުލުހުންގެ ކަސްޓޯޑިއަލްގައި އެމީހުން އެބައޮތް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފަ.“ އާސިފް ވިދާޅުވިއެވެ.

ނައިފަރުގައި އާންމުންގެ މީހަކަށް އަނިޔާކުރި 3 ފުލުހަކު ވަޒީފާއިން ވަކިކޮށް، އިތުރު ދެ ފުލުހެއްގެ މާގާމު ވަނީ ދަށްކޮށްފައެވެ. އެ ނިންމުން އިސްތިއުނާފް ކުރަން ބޭނުންވާނަމަ ބަންދު ދުވަސްތައް ނުހިމެނޭގޮތަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. ފުލުހުންތަކެއް ނައިފަރު މުންތަސިރު މުހައްމަދަށް އަނިޔާކުރީ ފުލުހުންގެ އަނތްބަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެއެވެ. އޭނާ އެކަމަށް އިންކާރު ކުރެއެވެ. އޭނާގެ ގައިގެ އެކި ތަންތަން ދުޅަވެފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button