ޚަބަރު

އާސިފް ވިދާޅުވަނީ ކޮވިޝީލްޑް ”އަންނަނީ އަންނަނީ“ ކަމަށް!

އިންޑިއާގެ ކޮވިޝީލްޑް ވެކްސިން އިތުރަށް ރާއްޖެ ގަނައުން ލަސްވުމާއި ގުޅިގެން ލޯޔަރު އާދަމް އާސިފް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އާސިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ވެކްސިން ގެނައުމުގެ ނަމުގައި ސަރުކާރުގެ އިސްވެރިންގެ މަސްލަހަތު އޮތްކަމަށް ބެލެވޭ ބަޔަކަށް 67 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ.

”އަންނަނީ އަންނަނީ ކިޔާތާ 4 މަސް ވީ. އަންނަ އެއްޗެއްނަމަ ދުނިޔެއިން ބޭރުން އަންނަންވެސް 4 މަހެއް ނުނަގާނެ. 75 ވެންޓިލޭޓަރަށްވެސް ވީ މިކަހަލަ ގޮތެއް،“ އާސިފް ވިދާޅުވިއެވެ.

ކޮވިޝީލްޑު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމަށްފަހު ދެވަނަ ޑޯޒު ނުޖެހި އެތައް ހާސް ބަޔަކު ރާއްޖޭގައި އެބަތިއްބެވެ. މި ވެކްސިން ލިބުން ލަސްވެގެން އުޅެނީ އެއްފަހަރާ ގިނަބައެއްގެ ގަޔަށް ވެކްސިން ޖެހުމުގެ ސަބަބުންކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button